ޓްރިޕްއެޑްވައިޒާއިން ހޮވި ދުނިޔޭގެ އެންމެ މަގުބޫލު 10 ހޮޓެލްގެ ތެރޭގައި ސިޔާމް ވޯލްޑް
ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާމް ވޯލްޑް މޯލްޑިވްސް ހިމެނިއްޖެއެވެ. ޓްރިޕްއެޑްވައިޒާއިން ކޮންމެ އަހަރަކު ވެސް، އެ ޕްލެޓްފޯމްގައި އެންމެ ގިނަަ ބަޔެއްގެ މެދުގައި މަގުބޫލު މަންޒިލްތަކާއި ހޮޓެލްތަކާއި ރެސްޓޯރެންޓުތައް ފަދަ ތަންތަނުގެ ލިސްޓުތައް އާންމުކުރެއެވެ. އެ ލިސްޓުތައް އެކުލަވައިލަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައި މީހުން ދީފައިވާ ރިވިއުތަކާއި ރޭޓިންތަކަށް ބަލައިގެންނެވެ. ސިޔާމް ވޯލްޑް: ފާހަގަކޮށްފައިވަނީ އާއިލާ އެއްކޮށް ޗުއްޓީއަށް ދާން ހިތްގައިމު، ކުޑަކުދިންނާއި ބޮޑު މީހުންނަށް ވެސް ކަމުދާނެ ފަދަ ވަސީލަތްތައް ހިމެނޭ ރިސޯޓެއްގެ ގޮތުގައި -- އެ ލިސްޓުތަކުގެ ތެރެއިން، ފާއިތުވި 12 މަސް ތެރޭގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ހޮޓެލްތަކުގެ ތެރޭގައި ހިމެނުނީ: ސީކްރެޓްސް އަކުމަލް ރިވިއެރާ މާޔާ، މެކްސިކޯ ގްރޭންޑްވްރިއޯ އޯޝެން ރިޒޯޓް ޑަނަންގް، ވިއެޓްނާމް ގޮކުލަމް ގްރޭންޑް ޓާޓްލް އޮން ދަ ބީޗް، އިންޑިއާ ރޮމޭންސް އިސްތަންބޫލް ހޮޓެލް، ތުރުކީ ބުކޫޓީ އެންޑް ޓާރާ ބީޗް ރިޒޯޓް އަރޫބާ، ކެރިބިއަން ސެއިންޓް އާމިންސް ހޮޓެލް، އޮޓޯގްރާފް ކަލެކްޝަން، އިނގިރޭސިވިލާތް ހަޔަތު ޒިލާރާ ކޭޕް ކަނާ، ކެރިބިއަން ފްރެންޗް ކުއާޓާ އިން، އެމެރިކާ ޗަންދީސް ވިންޑީ ވުޑްސް، އިންޑިއާ ސިޔާމް ވޯލްޑް މޯލްޑިވްސް، ރާއްޖެ އެ ލިސްޓު އެކަލަވައިލިއިރު، ޓްރިޕްއެޑްވައިޒާގައި ހިމެނޭ ހޮޓެލްތަކުގެ އަދަދު 1.6 މިލިއަނަށް އަރައެވެ. ޓްރިޕްއެޑްވައިޒާއިން ސިޔާމް ވޯލްޑް ފާހަގަކޮށްފައިވަނީ އާއިލާ އެއްކޮށް ޗުއްޓީއަށް ދާން ހިތްގައިމު، ކުޑަކުދިންނާއި ބޮޑު މީހުންނަށް ވެސް ކަމުދާނެ ފަދަ ވަސީލަތްތައް ހިމެނޭ ރިސޯޓެއްގެ ގޮތުގައެވެ. އަދި ސިޔާމް ވޯލްޑްއިން ގިނަ ބަޔަކަށް އެންމެ ކަމުދާ ކަމަށް ފާހަގަކޮށްފައިވަނީ ގޮނޑުދޮށާއި، ޕޫލާއި ސަންޑެކްއެވެ. ސިޔާމް ވޯލްޑް: ފަސް ތަރީގެ މި ލަގްޒަރީ ރިސޯޓުގެ ރޭޓިން 4.9އަށް އަރާ -- ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ އެ ރިސޯޓަށް 4،999 ރިވިއު ލިބިފައިވާއިރު، ރޭޓިން އުޅެނީ 4.9ގައެވެ. ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް، އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފޮލޯޓިން ވޯޓާ ޕާކާއެކު ހުޅުވައިފައިވަނީ 2021ގައެވެ. https://sun.mv/156184 ޓްރިޕްއެޑްވައިޒާގައި އެންމެ މަގުބޫލު މަންޒިލްތަކަކީ: ލަންޑަން ބާލީ ދުބާއީ ސިސިލީ ޕެރިސް އެ ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ 23 ވަނައިގައެވެ. ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު، އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ސަން ސިޔާމް ރިސޯޓްސްގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ, ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ