އެންއައިސީޔޫގައި ބަލި ފެތުރުން: ހާލު ދެރަ ކުދިން ބޭރަށް ފޮނުވަނީ، ބަލި ފެތުރެން ފެށީ މާޗު މަހު އެންއައިސީޔޫގައި ބަލި ފެތުރުން: ހާލު ދެރަ ކުދިން ބޭރަށް ފޮނުވަނީ، ބަލި ފެތުރެން ފެށީ މާޗު މަހު

އެންމެ ތުއްތު ކުދިންނަށް ފަރުވާ ދޭ ނިއޯނޭޓަލް އައިސީޔޫގައި ފެތުރުނު ބޭހަަށް ނުގުޑާ ބަލި ޖެހިގެން ހާލު ދެރަވި ފަސް ކުއްޖަކަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އެންއައިސީޔޫގައި ފެތުރުނީ ފަރުވާތެރިވެ، ސަލާމަތީ ހިދުމަތްތައް ރަނގަޅަށް އަޅަމުންދިޔަ ނަމަ އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަ ބައްޔެކެވެ. ފެތުރުނީ ބޭހަށް ނުގުޑާ ޒާތުގެ ބެކްޓީރިއާއެއް ކަމަށްވާ ބާކޯލްޑޭރިއާ ސްޕޭޝިއާ އެވެ.
"މި ކުދިންގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންކަން ކުރިއަށްދާކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަން،" އައިޖީއެމްއެޗް އިން ބުންޏެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ނުރައްކާތެރި ބަލި ފެތުރެން ފެށީ މާޗް 27، ގައި ކަމަށެވެ. އަދި އޭޕްރީލް 15، އާ ހަމައަށް އެންއައިސީޔޫގައި އެ ބަލި ފެތުރެމުންދިޔަ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ. މިހާތަނަށް އެ ބަލި ޖެހިފައި ވަނީ ފަސް ކުއްޖަކަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެއީ ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ކުދިންނެވެ.
ބާކޯލްޑޭރިއާ ސްޕޭޝިއާއަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމަށް ފަރުވާތެރިވާ ނަމަ ފެތުރުން ގާތް ބައްޔެއް ނޫނެވެ.
ފުރަތަމަ ކޭސް ފެނުނު ފަހުން މިއަދާ ހިސާބަށް އެންއައިސީޔޫއިން ޖުމްލަ 84 ކުދިން ފަރުވާ ހޯދާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އަދި މިއީ މިފަދަ ނުރައްކާތެރި ޖަރާސީމެއް އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަހުގެ ތާރީހެއްގައި ފެތުރުނު ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗް އިން ވަނީ އެންއައިސީޔޫ ގައި ފެތުރެމުންދިޔަ އެމްއާރުޑީއޯ މިހާރު އެއްކޮށް ކޮންޓްރޯލްކޮށްފައިވާ ކަމުގެ ޔަގީންކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ