ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 2 ދަރަޖަ ކުރިއަށް

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 2 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ.
ރިޕޯޓާސް ވިތްއައުޓް ބޯޑާސް ގައުމުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ވާގޮތުން ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ކުރިއެރުން ހޯދާފަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 108 ވަނާގަ އެވެ.
ދުނިޔޭގެ 180 ގައުމު ހިމެނޭ މި ލިސްޓްގައި ރާއްޖެ މިހާރު އޮތީ 106 ވަނާގަ އެވެ. އެހެން ކަމުން ދެ ދަރަޖައިގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.
Advertisement
މިދިޔަ ފަސް އަހަރު ރާއްޖެ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި 13 ދަރަޖަ ފަހަތަށް ޖެހިފަ އެވެ.
ލިސްޓްގެ އެންމެ ކުރީގައި އޮތީ ނޯވޭ އެވެ.
މާދަމާ އަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހެވެ. މާދަމާ ދިވެހި ނޫސްވެރީންނާއި ރައީސް ބައްދަލު ކުރައްވާނެ އެވެ. ރައީސް ވިދާޅުވީ ހުރިހާ ނޫސްވެރީން ބޭނުންވާ ހުރިހާ ސުވާލަކަށް މާދަމާ ޖަވާބު ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ