މި އަހަރު ހައްޖުގެ އަޅުކަމަށް ގޮސް ހޭދަ ކުރާ ދުވަސްތައް ކުރު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ދޮގު ކުރައްވައިފިއެވެ.
މީގެ ކުރިން ދިވެހީން ހައްޖުގެ އަޅުކަމަށް 30-25 ދުވަސް ހޭދަ ކުރި ނަމަވެސް އެ ދުވަސްތައް ކުރުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް މިނިސްޓަރު ވަނީ ޖަވާބުދެއްވާފައެވެ.
އެގޮތުން މިނިސްޓްރު ވިދާޅުވީ ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އަދި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތު ދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު ދަތުރުގެ އިތުރު ތަފްސީލު ދެއްވަމުން ޝަހީމް ވަނީ އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް 3 ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެކަމަށް ވިދާޅުވެފައެވެ. އަދި ހައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ ނަމަވެސް، މި ފަހު އަހަރުތަކުގައި އާއްމުކޮށް ތިބެނީ 22 އާއި 25 ދުވަހަށް ކަމަށް ޝަހީމް ވިދާޅުވއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފައެވެ، އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ހައްލު ހޯދައްވާނެކަމުގެ ޔަގީންކަން މިނިސްޓްރު ދެއްވިއެވެ.
ގިބްލާ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ، ސަމާލުވޭ! ކިޔުގެ ބޭރުން އެއްވެސް ބަޔަކަށް ހައްޖަށް ދިޔުމުގެ ފުރުޞަތެއް ނުދެން: މިނިސްޓަރު ހައްޖަށް ގެންދިއުމަށް ކިޔު ތަރުތީބުން ނޫން ގޮތަކަށް އެއްވެސް ބަޔަކަށް ޖާގަ ހޯދަދީފައި ނުވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ