އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފުރުސަތު މިހާތަނަށް ކަށަވަރުވެއްޖެ: ސައީދު

ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ދިވެހިރާއްޖޭ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.މީގެ އިތުރުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ އެކު ވެސް އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން މިއަދު އެ ފޯރަމްގެ ތެރެއިން ސޮއިކޮށްފަ އެވެ."އެސްއީޒެޑްގެ ޕޯޓްފޯލިއޯ މިހާތަނަށްއައިއިރު 680 މިލިޔަން އެމެރިކާ ޑޮލަރާއި ހަމައަށް އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަންވަނީ ލިބިފައި. މިއީ ތާރީޚީ ކުރިއެރުންތަކެއް." ވަޒީރު ވިދާޅުވިއެވެ.ވަޒީރު ސަޢީދުވަނީ ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމާއި، އަދި މިނޫންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އިންވެސްޓަރުންނަށް ހުރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރުވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ