ކުޑަ ދެ ކުދިން ފެންވަރަނިކޮށް ވީޑިއޯކުރި މައްސަލައަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާ އުފުލާފައިވާ ށ. ފުނަދޫ، ދިލްކަޝް، އަހްމަދު ހުސައިންގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ދައުވާ، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ބެލޭނެ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
އޮރިޔާން ކާޑުގެ ގެންގުޅުނު މައްސަލައިގައި އަހުމަދު ހުސައިންއަށް ދައުވާ އުފުލައި މައްސަލަ ބެލުމަށް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ނުލިބޭ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެ ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ށ. ފުނަދޫ ކޯޓުގެ ނިންމުން ބާތިލު ކުރުމަށެވެ.
"މި އިސްތިއުނާފީ މައްސަލަ ނިންމާ ތާރީހުން ފެށިގެން މަސައްކަތު 14 (ސާދަ) ދުވަހުގެ ތެރޭގައި، މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅައިފިނަމަ، މި މައްސަލައަކީ ބަލައިގަނެ ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައި ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން،" ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.
ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޑިސެމްބަރު 22، ގައި ހުށަހެޅި އެ މައްސަލައިގައި އެ ކޯޓުން ނިންމީ އެ ހާދިސާ ށ. ނަރުދޫގައި ހިނގާފައިވާތީ އަދި މައްސަލައިގައި އަނިޔާ ލިބުނު ފަރާތާއި ހެކިން ނިސްބަތްވަނީ ވެސް ށ. ނަރުދޫއަށް ކަމަށްވާތީ އެ މައްސަލަ ބަލަން ޖެހޭނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.
"މި މައްސަލަ ބެލުމުގެ އިހްތިސާސް ހާއްސަ އުސޫލުން ލިބިދެނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށާއި ދައުވާ ލިބޭ ފަރާތް ދިރިއުޅޭ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް. ދައުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސްއަކީ ށ. ފުނަދޫ ކަމަށްވީނަމަވެސް މިވަގުތު ވެސް އެ ފަރާތް ދިރިއުޅެމުންދަނީ ށ. ނަރުދޫގައި ކަމަށްވާތީ އާއި މުޅި މައްސަލައަށް ބަލާއިރު މި މައްސަލަ ހުށަހެޅުމުގައި އެންމެ އިސްކަމެއް ދޭންވާނީ ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓަށް،" ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ބުންޏެވެ.
ސެޕްޓެމްބަރު 17، 2023 ގައި އަހްމަދު ހުސައިިންގެ މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުލީލުކުރިއިރު، އޮރިޔާން މަންޒަރު ދައްކުވައިދޭ 64 ފޮޓޯ އާއި ފަސް ވީޑިއޯ ފައިލް ވަނީ ފެނިފަ އެވެ. އޭނާ ގެންގުޅުނު އިތުރު ފޯނަކުން ވެސް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފައިލްތައް ފެނިފައިވެ އެވެ.
ކުޑަކުދިންތަކެއް ފެންވަރަނިކޮށް ވީޑިއޯކުރި މައްސަލައެއް ށ. ފުނަދޫ ކޯޓުން ބަލަން އަންގައިފި ކުޑަކުދިންތަކެއް ފެންވަރަނިކޮށް ވީޑިއޯކުރި މައްސަލައެއް ށ. ފުނަދޫ ކޯޓުން ބަލަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ