ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނެރޭ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރިޔާސީ ޓިކެޓަށް ރައީސް މުހައްމަދު ނަޝީދު އާއި ދެ ބޭފުޅުން އެއްކޮށް ވާދަނުކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްހެ އެވެ.
އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމުގައި ކުރިއަށް އޮތް ޕްރައިމަރީގައި ނަޝީދާއި ފައްޔާޒު އެކުގައި ރިޔާސީ ޓިކެޓަށް ވާދަކުރާނެތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ބޭފުޅާ އާއި ނަޝީދުގެ ނަން އެއްކޮށް ނޯންނާނެ ކަމުގެ 100 ޕަސަންޓު ޔަގީންކަން ދެއްވާ ކަމަށެވެ.
Villa College
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
"ނުފެންނާނެ. އެއީ 100 ޕަސަންޓް ޔަގީންކަމެއް. އަޅުގަނޑުމެން ދެ މީހުން [ފައްޔާޒާއި ނަޝީދު]، އެއްކޮށްނެއް ޕްރައިމަރީއެއްގައި އަޅުގަނޑުމެން ދެ މީހުންގެ ނަމެއް ނޯންނާނެ،" ފައްޔާޒް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި އިކޮނިމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް އޭނާ ރުހުމެއް ނެތި ނަޝީދު ނުނިކުންނަވާނެ ކަމަށާއި އޭނާ ވާދަކުރާ ހާލަތުގައި ނަޝީދު ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ފުރަތަމަ ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދެއް ނުނިކުންނަވާނެ އަޅުގަނޑުގެ ރުހުމާ އެއްކޮށް ނޫނިއްޔަކާ. މި ދެންނެވި ވާހަކައަކީ އަޅުގަނޑު އެގޮތަށް އެދޭ ކަމަށްވަންޏާމުން ރައީސް ނަޝީދު ނުކުންނަވާފަނެ. އަޅުގަނޑު ނުކުންނަ ހާލަތެއްގައި ރައީސް ނަޝީދެއް ނުނިކުންނަވާނެ. ފުރަތަމަ ކަމަކަށް. އަޅުގަނޑު ނުނިކުންނަ ހާލަތެއް އައުމަކީ އަޅުގަނޑަށް ދަންނަވާކަށް ނޭނގޭ،" ފައްޔާޒްު ވިދާޅުވި އެވެ.
ނަޝީދާއެކު ވަރަށް ކައިރިން މަސައްކަތް ކުރެވޭތާ 15 އަހަރުވެފައިވާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ނަޝީދުގެ ބަހު އިތުބާރު ގެއްލުނު މައްސަލައެއް މިހާތަނަށް ދިމާވެފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަޝީދާއެކު މަސައްކަތް ކުރައްވަންވެސް ވަރަށް ފަސޭހަ ކަމަށެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވައި، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ. މީގެ ކުރިން ވެސް ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނަޝީދު މި ނިންމެވުން އިއުލާނު ކުރައްވާނީ މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފައްޔާޒް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖެހުނު މައްސަލައަކީ އެއްބަސްވުންތަކެއް ނުވެވުނު މައްސަލައެއް ކަމަށާއި އެމްޑީޕީއާ ނަޝީދު އިދިކޮޅު ހެއްދެވީ އޮޅުވާލައިގެން ނޫން ކަމަށެވެ.
މީގެއިތުރުން އެބޭފުޅާ ރާއްޖެ ގެންދަން ބޭނުންވާ މިސްރާބު ނަޝީދު ގެންގުޅުއްވާ މިސްރާބާ ވަރަށް އެއްގޮތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދެ ބޭފުޅުންގެ ސަޕޯޓަރުންގެ ވިސްނުންތައްވެސް އެއްގޮތް ކަމަށެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވައި، ފައްޔާޒްއަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު ކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.
ނިމިދިޔަ ޗެއާޕާސަން އިންތިހާބު ނަޝީދަށް ކާމިޔާބުކޮށްދެއްވުމަށް އެންމެ އިސް ސަފުގައި ހަރަކާތްތެރިވީ ފައްޔާޒް އެވެ. އެ ދެ ބޭފުޅުން ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި އިސްލާހީ ބަދަލުތަކެއް ރައްޔިތުންނަށް ހުށަހަޅުއްވާފަ އެވެ. އެ ބަދަލުތައް ގައުމަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނަޝީދު ޗެއާޕާސަނަކަށް ހޮވުނު ހިސާބުން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީއިން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ތިން ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ނަޝީދުގެ އިތުރުން ޑރ. މުހައްމަދު މުނައްވަރާއި މޫސާ މަނިކު (ރީކޯ މޫސަ) އެވެ. އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ނަޝީދެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ވެސް ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އެފަހަރު އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓީކެޓު ދީފައި ވަނީ ޕާޓީގެ ކޮންގްރެހުންނެވެ.
އެންމެފަހުން 2023 ގައި ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ސޯލިހާއި ނަޝީދެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސޯލިހެވެ.
އެމްޑީޕީ ރިޔާސީ ޓިކެޓަށް އަޅުގަނޑާއި ނަޝީދު އެއްކޮށް ވާދައެއް ނުކުރާނަން: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ