އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަންނަން ނިންމާފަ އެވެ/ އެހެންވެ ޝަމްއާންގެ ފަރާތުން ވަނީ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރެލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކްރިމިނަލް ކޯޓުން 15 ދުވަހަށް ބަންދު ކުރަން ކުރި އަމުރުގެ އިސްތިއުފާ ބަލަން ހައިކޯޓުން ނިންމައިފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭގެ އަނެއް ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަންނަން ނިންމާފަ އެވެ/ އެހެންވެ ޝަމްއާންގެ ފަރާތުން ވަނީ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމާފައި ވަނީ އެ މައްސަލަ އެކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ، އިސްތިއުނާފީ އެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގާނޫނީ ބަހުސެއް އޮތުމުން، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޝަމްއާން 15 ދުވަހަށް ބަންދުކުރި އަމުރު އިސްތިއުފާނުކޮށްފައި ވަނިކޮށް، އެ މުއްދަތު ހަމަވެ އަލުން މުއްދަތު އިތުރު ކުރަން ކޯޓަށް ވަނީ ހާޒިރުކޮށްފަ އެވެ. މި މަހުގެ ހަވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސީ މީހެއްގެ އަތުން ފެނުނު 530،000 މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހޯދި ކަމުގެ ތުހުމަތެވެ.މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގައި މަސައްކަތް ކުރި އިތުރު ހަތަރު މުވައްޒަފުން ވެސް ވަނީ ބަންދުކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޝަމްއާން ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް ބަލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ