18 ކިލޯގެ ޑްރަގް: ބިދޭސީ މީހަކު ހައްޔަރު ކޮށްފި

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކާގޯ ކްލިއާ ކުރަން ދިޔަ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފި އެވެ.
ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރަ އެވެ. ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އެތަކެތި ހުރީ ގަސް ޕޮޓްތަކެއްގައި ފޮރުވާފަ އެވެ.ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކާގޯ ކްލިއާ ކުރަން ދިޔަ އުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ."މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން،" އޭނާ ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ