އިޒްރާއީލުން މިހާރު އީރާނަށް ދޭންފަށާފައިވާ ހަމަލާތަކުގައި އެޤައުމުގެ ދައުލަތުގެ ޓީވީސްޓޭޝަން ހިންގާ އިމާރާތައް ބޮންއަޅައިފިއެވެ.
އިޒްރާއީލުން އީރާނުގެ ޤައުމީޓީވީއަށް ބޮންއެޅިވަގުތަކީ ޓީވީން ލައިވްކޮށް ސްޓޫޑިއޯ ދައްކަމުންދިޔަ ވަގުތެކެވެ. އިޒްރާއީލުން ބޮންއެޅުމާ ގުޅިގެން ސްޓޫޑިއޯ ގުޑުންއަރައި ތަނުގެ ސީލިންގް ބައެއް ވެއްޓުމުގެ އިތުރުން މުޅި ސްޓޫޑިއޯއިން ވަނީ ކަރަންޓްގޮސްފައެވެ. މިކަމާ ގުޅިގެން އީރާނު ސަރުކާރުން އަދި ވަކިއެއްޗެކޭ ބުނެފައެއް ނުވެއެވެ.
އިޒްރާއީލުން ބުނެފައިވަނީ އީރާނަށް ހަމަލާދެނީ އެޤައުމުގެ ދިފާއީ މަރުކަޒުތަކުގެ ތެރެއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރާ ތަންތަނަށް ކަމަށެވެ. ނަމަވެސް އީރާނުން މިހާތަނަށް ދިން ގިނަ ހަމަލާތައް އަމާޒުވެފައިވަނީ، އާއްމުން ދިރިއުޅޭ ތަންތަނާއި އޮފީސް އިމާރާތްތައްކަމަށް އީރާނުން ބުނެއެވެ.
ދެ ޤައުމުން މިހާރު ކުރިއަށްގެންދާ ހަމަލާތަކުގައި އީރާނުން ވަނީ އިޒްރާއީލްގެ މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި ފަލަސްތީނުގެ ހިފާފައިވާ ބިންތަކަށް ހަމަލާތައްދީފައެވެ. ދެފަރާތުގެ ދެމެދުގައި ބަދަލުކުރަމުންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ފުޅާވަމުންދާތީވެ، އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީރާނުގެ ޤައުމީ ޓީވީ އިމާރާތަށް އިޒްރާއީލުން ބޮންއަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ