ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ހެދުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟- ބަނދަރުގެ އެ މަސައްކަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރިންވެ ވަޑައިގެން ވައުދެކެވެ. ރާއްޖޭގެ ހަތް ސަރަހައްދުގައި ތަރައްގީ ކުރާ 'އާބަން ސެންޓަރެއް'ގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީ ކުރާއިރު، މިއީ އެ ރަށަށް ވަރަށް މުހިއްމު މަޝްރޫއެއްގެ ގޮތުގައި ރައީސް ވަނީ ކުރިން ވެސް ފާހަގަ ކުރައްވާފަ އެވެ.
ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ މަސައްކަތް ހަވާލު ކުރި، ޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ.
ތަފްސީލު- ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ކުޑަހުވަދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ވެރިކަމުގައި ބަނދަރުގެ މަސައްކަތް ހިނގަން ފަށާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ބަނދަރުގެ މި މަޝްރޫއަކީ ސަރަހައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނެ ޕްރޮޖެކްޓެއް
އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި އެންމެ ފުރިހަމައަށް ހިނގާ ބަނދަރެއްގެ ގޮތުގައި އެތަން ހައްދަވާނެ
ރައީސްގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި އިތުރު އެހެން ގިނަ މަޝްރޫއުތައް ހިންގާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ހާއްސަކޮށް، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ވެސް ބޮޑު މަޝްރޫއެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ހަދަން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ