ދަރުމަވަންތަ ހޮސްޕިޓަލާއި ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލުން ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.ދަރުމަވަންތަ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން އެކްސްގައި ބުނި ގޮތުގައި މި އެމްއޯޔޫއަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅު އެކެވެ.އައިޖީއެމްއެޗުން ބުނީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަން ވެސް މި އެމްއޯޔޫގައި ހިމެނޭ ކަމަށެވެ.އިއްޔެ ބޭއްވި އެމްއޯޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޒިއަންހުއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ ކުރިމަގު ކަމަށާއި ރަނގަޅު ސިއްހަތަކީ އެންމެ ބޮޑު ނިއުމަތް ކަމަށެވެ.އެ އެއްބަސްވުމާއެކު ރާއްޖެއަށް ޕްރޮފެޝަނަލް ސަޕޯޓު ލިބި، މިހާރު ވެސް ވަރުގަދަކޮށް އޮތް ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ސަފީރު އެކްސްގައި ލިޔުއްވާފައިވެ އެވެ. އޭނާ ވަނީ ދެ ގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ