މިހާރު ކުރިއަށްދާ ރިސޯޓް ލީގުގެ، ނ. ޒޯނުގައި އިއްޔެ ކުޅުނު މެޗުން ޝެވަލް ބްލޮންކް ރަންދެލީގެ މައްޗަށް ކުރިހޯދައި ސިޔާމް ވޯލްޑް މޯލްޑިވްސް އިން މި އަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.
އިއްޔެގެ މެޗަށް ނުކުތްއިރު، ސިޔާމް ވޯލްޑް ވަނީ ފުރަތަމަ ދެ މެޗުން ބަލިވެފަ އެވެ. އެއީ، ވެލާ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި ރޮބިންސަން ނޫނު އަތުންނެވެ. އެކަމަކު، އިއްޔެ، ޝެވަލް ބްލޮންކް ރަންދެލި އަތުން ސިޔާމް ވޯލްޑުން ކުރި ހޯދީ، 3-1 އިންނެވެ.
MGH Group of Companies
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
މެޗުގެ ފުަރަތަަމަ ހާފުގައި ސިޔާމް ވޯލްޑުން ވަނީ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. އެ ގޮތުން، މުހައްމަދު ނާހިޒުގެ ގޯލުން އެ ޓީމުން ލީޑުނެގިއިރު، އަބްދުﷲ އިޝާން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހައި، ލީޑުފުޅާކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ސިޔާމް ވޯލްޑަށް މުސްތަގީމް މޫސާ ލަނޑު ޖަހައިދީފައިވަނިކޮށް، މެޗުގައި ޝެވަލް ބްލޮންކުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ އަހުމަދު އަފްރާހު އެވެ. މެޗުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ލިބުނީ، ސިޔާމް ވޯލްޑަށް ދެ ވަނަ ގޯލު ޖަހައިދިން، އިޝާން އަށެވެ.
ރިސޯޓް ލީގުގެ ނ. ޒޯނުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ސޮނޭވާ ޖާނީ އާއި ދެ ވަނައިގައި އޮތް ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ސޮނޭވާ ޖާނީގެ ފައިދާ ތިން ގޯލު އޮތްއިރު، ޝެވަލް ބްލޮންކް ރަންދެލީ ފައިދާ ގޯލެއް ނެތެވެ. ތިން ވަނައިގައި އޮތް ވެލާ ޕްރައިވެޓް އައިިލެންޑާއި ހަތަރެއްގައި އޮތް ސިޔާމް ވޯލްޑްގެ އިތުރުން ފަސް ވަަނައިގައި އޮތް ރޮބިންސަން ނޫނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މި ޒޯނުގައި ކުޅޭ، ފަސް ޓީމުގެ ތެރެއިން، ޝެވަލް ބްލޮންކް ރަންދެއްޔާއި ސިޔާމް ވޯލްޑުން ތިން މެޗު ކުޅެފައިވާއިރު، އަނެއް ތިން ޓީމުން ކުޅެފައިވަނީ ދެ މެޗެވެ.
މުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅޭނެ އެވެ. އެއީ، ވެލާ އާއި ރޮބިންސަން ބައްދަލުކުރާ މެޗާއި ސިޔާމް ވޯލްޑާއި ސޮނޭވާ ޖާނީން ވާދަކުރާ މެޗެވެ.
ނ. ޒޯނުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ލީގު ބުުރުގެ ކުޅުން ނިމޭއިރު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި ދެ ވަނަ އާއި ތިން ވަނަ އަށް ދާ ދެ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެންދާނެ އެވެ.
ރިސޯޓް ލީގުގެ މި ފަހަރުގެ މުބާރާތުގައި ސިޔާމް ވޯލްޑަށް ފުރަތަމަ މޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ