ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ މަހަކު ވިއްކާ ޑޮލަރުގެ އަދަދު އެވަރެޖުކޮށް 80 މިލިއަނަށް އަރާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ސޯޝަލްމީޑިއާގައި ބީއެމްއެލްއިން ކުރި ޕޯސްޓެއްގައި ބުނީ މަހެއްގެ މައްޗަށް ބީއެމްއެލްއިން ވިއްކާ ޑޮލަރުގެ އަދަދު 2023 އަށްވުރެ ދެގުނަ އަދި، 2021 ވަނަ އަހަރަށްވުރެ ހަތަރު ގުނަ އިތުރުވެފައިވާ ކަމަށެވެ.
MGH Group of Companies
MGH Group of Companies
Zetta Enterprises Pvt Ltd
Zetta Enterprises Pvt Ltd
MU STORE
އެގޮތުން، ދިވެހި ރުފިޔާ އެކައުންޓާ ގުޅުފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް އެކަނިވެސް މިހާރު މަހަކު 38 މިލިއަން ޑޮލަރު ވިއްކާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މީގެ ކުރިން، 2021 ވަނަ އަހަރު ދިވެހި ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ހަރަދުކޮށްފައި ވަނީ މަހަކު ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ކަމަށް އެ ބޭންކުން ބުނެ އެވެ.
އޭގެ އިތުރުން، 2024 ވަނަ އަހަރާ އަޅައިބަލާއިރު ޓީޓީ އާއި ރެމިޓެންސްއަށް ޑޮލަރު ދޫކުރާ މިންވަރު ހަތަރު ގުނައަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ މައުލޫމާތު އެނގޭ ގޮތުގައި، އެ ބޭންކުން އެންމެ ގިނައިން ޑޮލަރު ވިއްކަނީ ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށެވެ. ދެވަނައަށް އެންމެ ގިނަ ޑޮލަރު ވިއްކަނީ ޓީޓީ ފޮނުވުމަށާއި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ނަގުދު ޑޮލަރު ވިއްކުމަށެވެ. ބޭންކުން އެންމެ މަދުން ޑޮލަރު ވިއްކަނީ ތައުލީމާއި ބޭސްފަރުވާއަށެވެ.
ބީއެމްއެލްއިން ވިއްކާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުނިއިރު، ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު މިއަދު ވަނީ 21ރ. އަށްވުރެ މައްޗަށް އުފުލިފަ އެވެ.
މިދިޔަ ހަފުތާގެ ކުރީގެ ކޮޅު ޑޮލަރެއް ލިބުނީ 20.50 ރުފިޔާއަށެވެ. އަދި އެ ހަފްތާ ނިމުނުއިރު ރޭޓު 20.8ރ. އަށް އުފުލުނުއިރު މި ހަފްތާ ފެށުނުއިރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެން ހުރީ 21ރ. އަށްވުރެ ބޮޑުކޮށެވެ.
ނަމަވެސް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އިއްޔެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން ވަނީ އާންމު ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން މިއަށްވުރެ ފަސޭހަ ޒަމާނެއް ނާންްނަ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު މަދުވުމާއި ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމާއި ރިކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަންޖެހުނު ދަނޑިވަޅެއްގަ އެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ. ނަމަވެސް މިފަހުން ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށެވެ.
މަހެއްގެ މައްޗަށް ބީއެމްއެލްއިން ވިއްކާ ޑޮލަރުގެ އަދަދު އެވަރެޖުކޮށް 80 މިލިއަންއަށް އަރާ ކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ