ޕީއެންސީ އިންތިޚާބުގައި މާރާމާރީ ހިންގި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ހުޅުމާލޭގެ ވޯޓުލާ މަރުކަޒެއްގައި މާރާމާރީ ހިންގި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މާރާމާރީއާ ގުޅިގެން ފުލުހުން ރޭ ބުނީ، ސިޔާސީ ޕާޓީ އެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، ރޭ 21:15 އެހައިކަންހާއިރު އެތަނަށް ބަޔަކު ވަދެފައިވާ ކަމަށެވެ. އަދި ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން މިރޭ ބުނީ، މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ. https://sun.mv/224508 ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާޔަށް ގޮނޑި އުކާ މަންޒަރު ވެސް ފެނިފައިވެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ