ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެގެން އުޅެނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުރިއަށްގެންދާ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ ޑޮލަރުގެ އަގު އުފުލޭ އެއް ސަބަބަކީ ދައުލަތުގެ ހަރަދު ކުޑަނުކުރެވި، ބަޖެޓް ފައިނޭންސްކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ވެސް އެއްކޮށްހެން ނުކުޅެދިފައިވުން ކަމަށެވެ.
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
"ޑޮލަރުގެ އަގު މި ބޮޑުވެގެންދަނީ އަސްލު ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ސިޔާސަތުގެ ސަބަބުން. އަޅުގަނޑުމެންނަށް މިހާރު ފެނިގެންދޭ ޗާޓުތަކުން ވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ ދައުލަތުގެ ހަރަދު ކުޑަނުކުރެވި އިސްރާފު އިތުރުވެގެންދާތަން. އަދި ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ސަރުކާރު މިއޮތީ އެއްކޮށްހެން ނުކުޅެދިފައި،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ސަރުކާރުން ޑޮލަރު ރޭޓު ދަށަށް ދާނެ ކަމަށް ބުންޏަސް އެއީ އިގްތިސޯދީ ހަމައަކުން ބަލާފައި ދައްކާ ވާހަކައެއް ނޫންކަން އެނގޭ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ރޭޓު މައްޗަށް ދާއިރު، އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެންކަށް (ބީއެމްއެލް) އަށް މާރުކޮށްގެން ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު ދަށަށް ނުދާނެކަން އޭރުވެސް އަޅުގަނޑުމެން މި ކޮމިޓީގެ ފަރާތުން އެކި އެކި ޕްރެސް ކޮންފަރެންސްތަކުގައި ވާނީ ފާހަގަކޮށްފައި. އަޅުގަނޑުމެން އޭރުވެސް ފާހަގަކުރަމުން އައީ ސަރުކާރުގެ ޑޮލަރު ރޭޓު ދަށަށް ދާނެ ކަމަށް ވިދާޅުވި ނަމަވެސް، މިއީ އެއްވެސް އިގްތިސާދީ ހަމައަކަށް ބަލާފައި ދައްކާ ވާހަކައެއް ނޫންކަން،" އަމީރު ވިދާޅުވި އެވެ.
"މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ޑޮލަރުގެ ކަޅު ބާޒާރު ރޭޓު މައްޗަށް ދާކަން މިއޮތީ ވަރަށް ރަނގަޅަށް ފެންނަން، މީގެ ސަބަބުން އަސްލު ރާއްޖޭގެ ރައްޔިތު މީހާއަށްވެސް އަދި ވިޔަފާރިކުރާ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑެތި ދަތިތަކާ އުނދަގޫތައް އެބަ ކުރިމަތިވޭ."
އަމީރު ވިދާޅުވީ ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުން ރައްޔިތުންނަށް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އެގޮތުން އީ-ކޮމާސް ސައިޓުތަކަށް 30 ޕަސަންޓުގެ ޗާޖެއް ނަގާއިރު، ލިމިޓެއްވެސް މިހާރު ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިޔަފާރިވެރިން ހަދާ ޓީޓީތަކަށް ޑޮލަރު ނުލިބޭކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ވިޔަފާރިތަކުން ޑޮލަރު ގަންނަން ޖެހިފައިވަނީ ކަޅު ބާޒާރުގައި ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިން ހަދާ ޓީޓީ ޕްރޮސެސްކޮށްފައި ބޭރަށް ފައިސާ ފޮނުވަން ދުވަސްތަކެއް ނަގާ ކަމަށާއި އޭގެ ސަބަބުން ޝިޕްމަންޓްތައް ޕްލޭން ނުކުރެވޭ ކަމަށެވެ.
ޑޮލަރުގެ އަގުބޮޑުވަނީ މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ސިޔާސަތުން: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ