ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަސް ކަމަށްވާ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހަކީ ރާއްޖެއަސް މިހާތަނަށް ކުރިމަތިވި އެންމެ އަނދިރި ދެ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ އަށް އަހަރު ފިރިފައިވާއިރު ވެރިކަން ބަދަލުވުމަސް ފަހު ހިނގާދިޔާ ކަންތައްތަކާ ބެހޭ ގޮތުން އާދަމް ޝަރީފް ކުރެެއްވި ޓުވިޓެއްގައި ވިދާޅުވީ އަށެއް ފެބްރުއަރީ 2012 އަކީ7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމާއި ގުޅިގެން ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި ބޮޑުހުޅުގެ ހާދިސާ ހިނގި ދުވަސް ކަމަށެވެ.
https://twitter.com/Adamshareefz/status/1226043887262691328
އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހާއި އޭގެ ޖެހިގެން އައި ދުވަހަކީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ އަނދިރި ދެ ދުވަސް ކަމަށެވެ. އަދި އެފަދަ ދުވަހެއް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެވްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށް އޭގެ ޖެހިގެން އައި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ. އަދި އެ ހަމަނުޖެހުންތަކުގައި ދައުލަތުގެ އެކިއެކި އިމާރާތްތަކަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އަދި އެ ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މައްޗަށް ޖިނާއި ތަހުގީގު ހިންގައި ދައުވާ ވެސް އުފުލުނެވެ.
ހަތެއް އަދި އަށެއް ފެބްރުއަރީ އަކީ ރާއްޖެއަށް ކުރިމަތިވި އެންމެ އަނދިރި ދެ ދުވަސް: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ