ޕީޕީއެމްގެ ބާރުތައް ރައީސް ޔާމީނާ ހަވާލުކުރި މައްސަލަ މައުމޫން ކޯޓަށް ހުށަހަޅުއްވައިފި

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރި މައްސަލަ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޯޓަށް ހުށަހަޅުއްވައިފި އެވެ. މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސްވެރިއަކީ ޕާޓީގެ ރައީސް ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ޕީޕީއެމްގެ ކައުންސިލްގައި ޕާޓީގެ ރައީސަށް ފަހު އެންމެ އިސް ވާނީ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. އެމައްސަލާގައި ވަނީ ޕީޕީއެމްގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމާއި ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށާއި ޕާޓީ ހިންގުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުމުގެ ބާރާއި ޒިންމާ އާއި މަސްއޫލިއްޔަތާއި އިޚްތިޔާރު ޕާޓީގެ ކައުންސިލުން މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށް ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް ޕާޓީގެ އެންމެހައި ބާރުތައް މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެ ދައުވާގައި މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ