ޗައިނާއަށް އާ އަހަރުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ ޗައިނާގެ އާ އަހަރުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.މިގޮތުން، އެ ގައުމުގެ އަޒުމާއި ކާމިޔާބީން ރަމްޒުކޮށްދެނީ މިދިޔަ އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.އެއާއެކު އެމަނިކުފާނުވަނީ ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ޒަމާންވީ ނުހަނު ރަނގަޅު ގުޅުމާއި އެއްބާރުލުން އެގޮތުގައި ކުރިއަށް ގޮސް އިތުރަށް ބަދަހިވެ، އެ ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އިތުރު މަންފާ ލިބުމަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ