ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި

މާލޭގައި އާއްމު ދަތުރުފަތުރު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް މިރޭ ފަށައިފި އެވެ.އެމްޓީސީސީ މެދުވެރިކޮށް އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އެއާ އެކު، ރައްޔިތުން ބަލައިގަންނަ، އިތުބާރު ކުރާ އަދި އުފާވެރިކަން ގެނެސްދޭ ކަމަކަށް ވާނެ ކަމަށް ސައުދީ ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ