ހުކުރު ދުވަހު އީރާނުން ވައްޓާލި އެމެރިކާގެ އެފް-15 އީ ސްޓްރައިކް އީގަލްގެ ދެ ފަޅުވެރިންވެސް ސަލާމަތްކޮށްފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
މި ޖެޓް ވައްޓާލާފައިވަނީ އީރާނުގެ ހުޅަނގު ދެކުނު ކޮހްގިލުޔޭ އަދި ބޯޔަރް-އަހްމަދު ޕްރޮވިންސަށެވެ. މިހާތަނަށް އޮފިޝަލުން ތިއްބެވީ ޕައިލެޓް ސަލާމަތްކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކޮށް ހިމޭނުންނެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއް ޕައިލެޓް ސަލާމަތްކުރެވުނު ނަމަވެސް، ވެޕަންސް ސިސްޓަމްސް އޮފިސަރު ހޯދުމުގެ މަސައްކަތް އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ތާރީޚުގައިވެސް ހިންގި އެންމެ ނުރައްކާތެރި އެއް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގައި އޭނާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.
"އޭނާ ފެނިއްޖެ! އަޅުގަނޑުގެ ލޮބުވެތި އެމެރިކާ ރައްޔިތުންނޭ، ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ތާރީޚުގައިވެސް ހިންގި އެންމެ ނުރައްކާތެރި އެއް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގައި، އަޅުގަނޑުމެންގެ ހިތްވަރުގަދަ ފަޅުވެރިއަކު ސަލާމަތްކޮށްފަ. އޭނާއަކީ ވަރަށް ބޮޑަށް އިހުތިރާމް ލިބިގެންވާ ކާނަލެއް. އޭނާ މިހާރު ހުރީ ސަލާމަތުންކަން ތިޔަބޭފުޅުންނަށް އަންގާލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް!" ދެވަނަ ފަޅުވެރިޔާ ފެނިފައިވާކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ލިޔުއްވާފައިވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ފަޅުވެރިޔާ ފިލައިގެން އުޅުނީ "އީރާނުގެ ނުރައްކާތެރި ފަރުބަދަތަކުގެ ތެރޭގައެވެ."
"އަޅުގަނޑުގެ އިރުޝާދުގެ ދަށުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ހަތިޔާރުތަކާއެކު އެތައް މަތިންދާބޯޓެއް އޭނާ ސަލާމަތްކުރުމަށް ފޮނުވާފައި. އޭނާއަށް ބައެއް އަނިޔާތައް ލިބިފައިވީ ނަމަވެސް، އޭނާގެ ހާލު ރަނގަޅުވާނެ،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
"މިއީ އަސްކަރީ ތާރީޚުގައި ދުޝްމަނުންގެ ސަރަހައްދުގެ ވަރަށް އެތެރެއިން އެމެރިކާގެ ދެ ޕައިލެޓުން ވަކިވަކިން ސަލާމަތްކުރެވުނު ފުރަތަމަ ފަހަރު،" ރައީސް ޓްރަމްޕް ލިޔުއްވާފައިވެއެވެ.
އީރާނުން ވައްޓާލި ފައިޓަރ ޖެޓުގެ ގެއްލުނު ޕައިލެޓް ސަލާމަތްކޮށްފިން – ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ