ރައީސްގެ ދެކަނބަލުން މާދަމާ އުމްރާއަށް ފުރާވަޑައިގަންނަވަނީ
އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.ރައީސްގެ އޮފީހުން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރާއްވާ މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަމަށެވެ. އަދި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސަވާފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ