އައްޑޫގައި ވަޒީފާ އަދާކުރާ ބިދޭސީއަކު އިސްލާމްދީނަށް ވަދެއްޖެ އައްޑޫއަށް ޓޫރިޒަމް އަށް އުފާވެރިކަން: އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ ބަނދަރުކޮށްފި އައްޑޫ ޕޯޓުގައި ދެން ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ: މިނިސްޓަރު ސަޢީދު އައްޑޫ ޓެކްސް ފްރީ ޒޯނަކަށް ހަދަން ނި

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކޮށްދީފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިއްޔެ ހަވީރު ފެނުނު މި މީހަކީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން އެވެ. އޭނާއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ މީހެއްކަން މިހާތަނަށް ކުރި ތަހުގީގުން ވަނީ އެނގިފައެވެ.
މި ހާދިސާ ހިނގި ވަގުތު ޑެނިއަލް ފެނިފައިވަނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި ހަބަރެއް ނެތި އޮއްވައެވެ. އޭނާ ވަގުތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ އޭނާ މަރުވި ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފުލުހުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އައްޑޫގެ މަޝްހޫރު ފަތާ ސަރަހައްދެއްގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ