އިތުރު ގައިދީއަކު މިއަދު މަރުވެއްޖެ، މި ފަހަރު 45 އަހަރުގެ ފިރިހެނެއް
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިއަދު މަރުވެފައި ވަނިކޮށް، އިތުރު ގައިދީއެއްވެސް މިއަދު މަރުވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ. ކަރެކްޝަނުން ބުނީ، މިއަދު މަރުވީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ސ. ހިތަދޫ، ދިއްގާ ގަސްދޮށުގެ 45 އަހަރުގެ ހަސަން ނިޔާޒު ކަމަށެވެ. އޭނާއަށް މިއަދު މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ހާއިރު ގެންދިޔަ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. އޭނާ މަރުވިކަން ކަރެކްޝަނަށް ޑޮކްޓަރުން އަންގާފައި ވަނީ، 14:05ގައެވެ. އޭނާ މަރުވުމާ ގުޅިގެން ވަގުތުން އެކަން ފުލުހުންނާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ފާހަގަކުރެވޭ ގޮތުގައި، މިއީ މިއަދު މަރުވި ދެވަނަ ގައިދީއެވެ. މިއަދު މަރުވީ، މާލޭ ދަފްތަރު ނރ.439، އުމުރުން 53 އަހަރުގެ އިބްރާހިމް ސުހައިލެވެ. އޭނާ މަރުވީ، ސިއްހީ ހާލު ދެރަވެގެން އައިޖީއެމްއެޗުގައި ފަރުވާދޭޔާ ހަފުތާއެއް ވެފައި ވަނިކޮށް މިއަދު، ހެނދުނު 09:05 ހާއިރެވެ. އޭނާ މަރުވީ، ނިއުމޯނިއާ ޖެހިގެންނެވެ. https://sun.mv/217477 ޖަލުތަކުގައި ހުކުމް ތަންފީޒުކުރަން ތިބޭ ގައިދީން މަރުވުމުގެ ހާދިސާތައް ވެސް މަދުން ނަމަވެސް ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ