ދިވެހިން އެންމެ ރުޅި އަންނަ ގައުމަކީ ނުވަތަ އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ޖުމްލަ 391 މީހުންނަށް ގުޅައިގެން ބާނި ސެންޓަރުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދިވެހިންގެ ތެރެއިން އުމުރުން ދުވަސްވީ މީހުން އަދި ޒުވާނުން ވެސް އެންމެ ގަޔާނުވާ ގައުމަކީ އެމެރިކާ އެވެ.
އެ ސާވޭގައި 10 އަކުން އެމެރިކާއަށް ލިބުނީ 3.5 އެކެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ދިވެހިން އެންމެ ރަނގަޅަށް ބަލައިގަންނަނީ ސައުދީ އަރަބިއްޔާ އަދި ޗައިނާ އެވެ. އެ ދެ ގައުމަށް 10 އަކުން 6.9 ލިބުނެވެ.
ސާވޭއިން ދައްކާ ގޮތުގައި ދިވެހިން ތިން ވަނައަށް އެންމެ ބަލައިގަންނަ ގައުމަކީ އިންޑިއާ އެވެ. އިންޑިއާއަށް 10 އަކުން ލިބުނީ 6.2 އެވެ. އެކަމަކު، ދިވެހި ޒުވާނުންގެ މެދުގައި އިންޑިއާގެ މަގުބޫލުކަން ކުޑަ ކަމަށް ވެސް އެ ސާވޭއިން ދައްކަ އެވެ.
އިންޑިއާއާ ޖެހިގެން ހަތަރު ވަނައަށް ދިވެހިން އެންމެ ބަލައިގަންނަ ގައުމަކީ ރަޝިޔާ އެވެ. ރަޝިޔާއާ ޖެހިގެން އޮތީ އޮސްޓްރޭލިއާ އެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ބަލައިގަންނަނީ އިނގިރޭސިވިލާތެވެ. އެ ގައުމަށް 10 އަކުން 4.3 ލިބުނެވެ. އަދި ޔޫކްރެއިނަށް ލިބުނީ 3.9 އެވެ. ޔޫކްރެއިން ދިޔައީ އެމެރިކާއާ ޖެހިގެން ފުލުހުން ދެވަނަ އަށެވެ.
ސާވޭއިން ދައްކަނީ ދިވެހިން އެންމެ ރުޅި އަންނަނީ އެމެރިކާ ދެކެ ކަމަށް ސާވޭއިން ދައްކަނީ ދިވެހިން އެންމެ ރުޅި އަންނަނީ އެމެރިކާ ދެކެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ