ށ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަދުގައި އެ ރަށު ސްކޫލުގެ ފައުންޑޭޝަން ކްލާސް ރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމައި ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.
"ކްލާސް ރޫމް އަޕްގްރޭޑިންގ ފޯ ސްކިލް އެންހޭސިންގ އިން ލާނިންގ" ގެ ނަމުގައި ފައުންޑޭޝަން ކްލާސްރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު ޑަބްލިއުޑީސީއާއި، ފައުންޑޭޝަން ސްޓޭޖް ކުދިންގެ ބެލެނިވެރިން ގުޅިގެންނެވެ.
މި ކްލާސްރޫމް މަސައްކަތް ނިންމައި ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައެވެ.
އެސެމްބްލީގައި އެ ސްކޫލުގެ ޕްރިންސިޕަލް އަލީ ހައިދަރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހާއްސަ ޝުކުރުގެ ލިޔުމަކާއި ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލަޔާއި ކޮމެޓީގެ ފަރާތުން ހަވާލުވީ ކޮމެޓީގެ ރައީސާ އަޒުހީމާ އަބްދުﷲ އެވެ.
އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވަނީ މި މަސައްކަތުގައި ޑަބްލިއުޑީސީއާއި ބެލެނިވެރިންނާއި ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި ޝުކުރުގައި ކްލާސް ރޫމް ބޭރު ފާރު ޑެކަރޭޝަން މަސައްކަތް ކުރި ގްރޭޑް 8 ގެ ދަރިވަރުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ޕްރިންސިޕަލް ވަނީ އަދާކޮށްފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ