ފައިނޭންސް އާއި ފަތުރުވެރިކަމުގެ ދާއިރާގެ ހާލަތު ދެނެގަންނަން ސާވޭއެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަސް (މަޓާޓޯ) އިން ރާއްޖޭގެ ފައިނޭންސް، ބޭންކިން އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ މިހާރުގެ ހާލަތު ވަޒަންކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުރިހަމަ ސާވޭއެއްގައި ބައިވެރިވުމުގެ ދައުވަތު މަޓާޓޯގެ މެންބަރުންނަށާއި ގުޅުންހުރި ފަރާތްތަކަށް އެ ޖަމިއްޔާއިން ހުޅުވާލައިފިއެވެ.
މަޓާޓޯއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ދެމެހެއްޓެނިވި ކުރިއެރުމަށާއި ސިނާއަތު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް އެ ޖަމިއްޔާއިން އިސްނަގައިގެން އެ ޖަމިއްޔާގެ މެންބަރުންނަށާއި ސިނާއަތާ ގުޅުންހުރި ފަރާތްތަކުގެ އަގުހުރި ވިސްނުންތަކެއް ހޯދުމަކީ އެ ޖަމިއްޔާއިން ގަބޫލުކުރާ މުހިންމު އަސާސެއް ކަމަށެވެ. މި ސާވޭގެ މަގުސަދަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފުރުސަތުތަކުގެ ފުރިހަމަ ތަފުސީލެއް ހޯދުމާއި އެއަށް ރިއާޔަތްކޮށް ހިކުމަތްތެރިކަމާ އެކު ވަކާލާތުކުރުމުގެ މަސައްކަތްތަކާއި އިސްނެގުމެއް ބައްޓަންކުރުން ކަމަށް މަޓާޓޯއިން ބުނެއެވެ.މަޓާޓޯގެ ސާވޭގައި ހިމެނިފައިވާ މައުލޫއުތަކުގެ ތެރޭގައި:ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެ  ކަންކަންމާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކާއި ސިޔާސަތުތަކުގެ ފައިދާތައްމާލީ އިދާރާތަކާއި ފަތުރުވެެރިކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފުރުސަތުތައްސިނާއަތުގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި މާލީ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހިނގާގޮތުގެ ތަފުސީލު ހޯދުންމަޓާޓޯއިން ބުނެފައިވަނީ އެ ޖަމިއްޔާއިން ބާރުއަޅަނީ ހުރިހާ މެންބަރުންނާއި  ސިނާއަތާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު މި ސާވޭގަައި ބައިވެރިވެ، އެ މީހުންގެ ތަޖުރިބާ އާއި ހިޔާލުތައް ހިއްސާ ކުރުމަށް ކަމަށެވެ. އެ ޖަމިއްޔާއިން އެއް ކުރާ މައުލޫމާތުގެ ބޭނުމަކީ ފާގަތި މުސްތަގުބަލަކަށް އަމާޒުކޮށްގެން ހައްލުތައް އެކުލަވާލުމާއި ސިނާއަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރަން ޖެހޭ ކަންތައް ފާހަގަކުރުމާއި ކަމާ ބެހޭ ފަރާތްތަކާ އެކު މައުލޫމާތު ބަދަލުކުރުމާ އަދި މުހިންމު މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ކަމަށް މަޓާޓޯއިން ބުނެއެވެ.މަޓާޓޯއިން ބުނި ގޮތުގައި ސާވޭގައި ބައިވެރިވުމަށް އެ ޖަމިއްޔާގެ މެންބަރުންނާއި ސިނާއަތާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި އާންމުންގެ ތެރެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޫގުލް "ލިންކް" މެދުވެެރިކޮށް ފޯމް ހުށަހެޅުމަށް އެދޭ ކަމުގައެވެ.ސާވޭ ނިންމުމަށް ގާތްގަނޑަކަށް 15-20 މިނިޓް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މަޓާޓޯއިން ބުނީ ހުރިހާ ޖަވާބުތަކެއްގެ ސިއްރު އެ ޖަމިއްޔާއިން ދަމަހައްޓާނެ ކަމަށާއި ސާވޭގައިވާ މައުލޫމާތު ތަހުލީލުކުރާނީ އެގްރިގޭޓެޑް އަދި ނަން ނުޖެހޭ ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ