މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ޔެލޯ އެލާރޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މޫސުން ގޯސްވެ މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ތ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ޔެލޯ އެލާޓް ނެރެފައިވަނީ ހުވަދު އަތޮޅުތަކަށެވެ.
މިއަދު ހެނދުނު 06:30 އިން މެންދުރު 12:30 އަށް ތ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުނެފައިވެއެވެ.
އަދި ހުވަދު އަތޮޅަށް މިއަދު ހެނދުނު 07:05 އިން 11:00 އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.
މީގެ އިތުރުން މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ގުގުރުމާއި އެކު ބޯކޮަށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ