ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާރުޑީސީން އާ ކޯޕަރޭޓް ލޯގޯއެއް ތައާރަފްކޮށްފި ވީއައިއޭގެ އާ ޓާމިނަލް އިން ޖަރުމަނުގެ ކޮންޑޯއަށް ހިދުމަތް ދޭން ފަށައިފި އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ބަނދަރުކޮށްފި ކްލަ

ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން 6 ކާޓަން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި 32 ކާޓަން ސިނގިރޭޓަކީ މިދިޔަ މެއީ މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
ފުލުހުން ބުނ 32 ކާޓަން ސިނގިރޭޓްގެ ތެރެއިން 6 ކާޓަން މަދުވެފައިވާ ކަން އެނގިފައި ވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލި އިރު ކަމަށެވެ. އޭގެ އިތުރުން މި މައްސަލައިގައި ކަން ހިނގާފައިވާ ބަލަމުން ދަނިކޮށް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓްނަ ސިނގިރޭޓް ވެސް މަދުވެފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ބަލަމުން ދަނީ ފުލުހުންގެ ސްޓޭޑާޑްސް ކޮމާންޑުން ކަމަށްވާއިރު، މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއް ގޮތުގައި ބަލަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ