ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައިވާ އަދި ކުރިއަށްދާ މަޝްރޫއުތައް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.
ފައިސަލް މި ތަންތަން ބައްލަވާލެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ސަފުތައް ރުކުރުވާލުމަށް ފައިސަލް އަދި އެމްޑީޕީގެ ބައެއް އިސްވެރިން މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
މި ދަތުރުގައި ފައިސަލްގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ބައިވެރިވެލައްވަ އެވެ.
ދަތުރުގެ ތެރެއިން މިހާތަނަށް ފައިސަލް ވަނީ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ހިންގި ބިޔަ މަޝްރޫއު އާއި އެ މަޝްރޫއުގެ ތެރެއިން ހެދި ފަތާ ފެންގަނޑުތަކުގެ އިތުރުން އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު އަދި އިމާރާތްކުރަން ފެށި ގުރުއާނާއި ބެހޭ މަރުކަޒު ބައްލަވާލައްވާފަ އެވެ.
މި ތަންތަން ބައްލަވާލެއްވިއިރު، ފައިސަލް އާއެކު ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އަދި ކައުންސިލް މެންބަރުންނާއި ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ އިސްވެރިން ބައިވެރިވި އެވެ. އަދި، މަޝްރޫއުތަކުގެ އަދާހަމަ ކައުންސިލުން ވަނީ ފައިސަލް އާ ހިއްސާކުރައްވާފަ އެވެ.
ދަތުރުގެ ތެރެއިން ފައިސަލް ސިޓީގެ އެމްޑީޕީގެ އިސްވެރިންނާއި ކައުންސިލްގެ އިތުރުން ފުވައްމުލަކުގައި ހިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކާއި އެހެން މުއައްސަސާތަކާއި ބައްދަލުކުރައްވާނެ އެވެ.
އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ހިންގި ތަރައްގީގެ މަޝްރޫއުތައް ފައިސަލް ބައްލަވާލައްވައިފި އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ހިންގި ތަރައްގީގެ މަޝްރޫއުތައް ފައިސަލް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ