ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ދަ ހޯކްސްގެ ބޯޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ން ވަނީ ދިރާސާކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި، ކަންތައްތައް އިސްލާހު ކުރުމަށް ފުލުހުންނަށާއި ކަސްޓަމްސްއަށް އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފިޔަވަޅުތައް އެޅުމަށް ވަނީ އަންގައިފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި އެ ތަނުން ނެރެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައިވާ މައުލޫމާތުތަކާއި ލަފާތަކަށް ރިއާޔަތްކޮށް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން:
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު ވަނީ މިއަދު މަގާމުން ވަކިކޮށްފައި
ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭ ކަންތައް ގާނޫނުގެ ތެރެއިން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ
ނަމަވެސް، ވަކިކުރީ ކޮން ބައެއްކަން އަދި ސާފެއް ނުވެ އެވެ.
ސިނގިރޭޓު މައްސަލައާ ގުޅިގެން ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރަކު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ