ށ. މިލަންދޫ ފުލުސް އޮފީހުގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދަކަށް ފައިސާ ވަދެފައިވާ މައްސަލައެއްގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދޭން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމި ކަމަށް އެ އިދާރާއިން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ހަތަރު ފުލުހެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވޭ،" ފުލުހުން ފޮނުވި މެސެޖެއްގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންތަކެއްގެ މައްސަލަ ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ ބެލި ބައެއް ފުލުހުން ޑީމޯޓު ކުރަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާކަން ފުލުހުން ހާމަ މިކުރީ، ސޯޝަލްމީޑިއާގައި އެފަދަ މައުލޫމާތުތަކެއް ފެތުރެން ފެށުމުންނެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ އެ ފުލުހުންގެ އެކައުންޓަށް ވަތް ފައިސާއަކީ ކޭޓަރިން ހިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށެވެ.
އެ މައްސަލައިގައި 20 ފުލުހަކު ހިމެނޭ ކަމަށް ވެސް ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތުގައި ހަތަރު ފުލުހަކު ސަސްޕެންޑުކޮށް، ވަޒީފާއިން ވަކިކުރަން ލަފާ ދީފި ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތުގައި ހަތަރު ފުލުހަކު ސަސްޕެންޑުކޮށް، ވަޒީފާއިން ވަކިކުރަން ލަފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ