ރާއްޖޭގައި ހިންގާ ނުވަ ޑޮމެސްޓިކް އެއާޕޯޓެއްގެ ހާލަތު ދެނެގަނެ އެ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުސީއެލް) އިން ހިންގި އެއާޕޯޓުތަކާ އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ.
އާރުއޭސީއެލް އުވާލާ އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލް އަށް ބަދަލު ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ތަފްސީލް - އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ހަވާލުވެފައިވާ 9 ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ
އެކްސްކޯ އާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ
ހާލަތު ބަލައި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެގޮތުން:
އެ މަސައްކަތުގެ ދަށުން މިދިޔަ ހަފްތާ އެ ޓީމުން ވަނީ ފުވައްމުލައް
އެއާޕޯޓަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ބަލާފައި
އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކުރި
އެނގުން މުހިއްމު - ބައެއް ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން
އައި އާރުއޭސީއެލް އާއި އެމްއޭސީއެލް
އެއްކޮށްލުމަށް ނިންމާފައިވާތީ، އާރުއޭސީއެލް އިން ހިންގަމުން
އައި 9 އެއާޕޯޓެއްގެ އޮޕަރޭޝަނާ އެމްއޭސީއެލް އިން ހަވާލުވީ މިދިޔަ މަހު އެވެ.
އެމްއޭސީއެލް އިން ހަވާލުވެ، ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނަގަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ