ދަނޑެއް ނެތް ގައުމުތަކަށް އެހީވާން ފީފާ އިން އެއް ބިލިއަން ޑޮލަރުގެ ފަންޑަކުން އެހީވަނީ ދަނޑެއް ނެތް ގައުމުތަކަށް އެހީވާން ފީފާ އިން އެއް ބިލިއަން ޑޮލަރުގެ ފަންޑަކުން އެހީވަނީ

ރިޔާދު، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 25) - ފީފާގެ މެމްބަރު ގައުމުތަކުގެ ތެރެއިން، ފީފާ ލެވަލްގެ ދަނޑެއް ނެތް ގައުމުތަކަށް އިސްކަން ދޭ ގޮތަށް ލޯން ދިނުމަށްޓަކައި، ސައުދީ ފަންޑް ފޯ ޑިވެެލޮޕްމަންޓް (އެސްއެފްޑީ)އާ އެކު، އެއް ބިލިއަން ޑޮލަރުގެ އަގުހުރި ފަންޑެއް އެކުލަވާލުމަށް ފީފާ އިން ސޮއިކޮށްފި އެވެ.
ފީފާ އިން ބުނީ އެ ފެޑެރޭޝަންގެ ދައުރަކީ މުޅި ދުނިޔޭގައި ވެސް ފުޓްބޯޅަ ތަރައްގީ ކުރުން ކަމަށްވާއިރު، އެ ޖަމިއްޔާގެ މެމްބަރު ބައެއް ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، މުބާރާތްތައް ބާއްވަން ބަލާއިރު، ރަނގަޅު ލެވަލްގެ އިންފްރާސްޓްރަޗްކާ (ވަސީލަތްތައް) ގާއިމްވެފައި ނެތުން ކަމަށެވެ.
އެ ގޮތުން، އެސްއެފްޑީއާ އެކު، މި ގާއިމްކުރެވުނު، އެއް ބިލިއަން ޑޮލަރުގެ މި ފަންޑްގެ ތެރެއިން، ފީފާ ލެވަލްގެ ދަނޑު އަޅަން ބޭނުންވާ ގައުމުތަކަށް އުސޫލުތަކެއްގެ ތެރެެއިން ލޯން ދޫކުުރުމަށް ނިންމާފައިވާ ކަމަށް ފީފާ އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އެންމެ މުހިންމު ކަމަކީ، މި ފަދަ މަސައްކަތްތަކުގެ ތެރެއިން ފުޓްބޯޅަ ތަރައްގީ ކުރުުމުގައި އެއްވެސް ގައުމެއްގެ ކުރިއެރުން ހިފެހެއްޓިފައި އޮތުން ނިމުމަކަށް ގެނައުން ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މި ފަންޑްގެ މަސައްކަތުގައި ސައުދީ ސަރުކާރާއި އެސްއެފްޑީގެ ފަރާތުން ސީއީއޯ، ސުލްޓާން ބިން އަބްދުލް ރަަހުމާން އަލް މަރްޝަދުގެ ފަރާތުން ފެނުނު އިސްނެންގެވުމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި، މި ފަންޑްގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ އަށް ބޭނުންތެރި ގިނަ ބަދަލުތަކެއް ގެނެވޭނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ