ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.އެ ހާދިސާގައި އެ އެ މުވައްޒަފުގެ އެކި ތަންތަން ފިހިފައިވާއިރު، އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.އޭގެފަހުން، ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ."ހަމަ މިއާ އެކު، މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.އެ ކުންފުނިން ވަނީ އަނިޔާވި މީހާއާ ބެހޭ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި އެ މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ކުރިއަށް އޮތް ވަގުތުތަކުގައި މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ