ނަވާރަ އަހަރުގެ ޚިދުމަތަށް ފަހު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ރިޓަޔާ ކުރައްވައިފި

ނަވާރަ އަހަރުގެ ޚިދުމަތަށް ފަހު, ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުޙައްމަދު ދީދީ މިއަދު ރިޔަޓާކުރައްވައިފިއެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ޑެޕިއުޓީ ކޮމިޝަނާ ރިޓަޔާކުރެއްވީ އަމިއްލަ ސަބަބުތަކަށް ޓަކައި މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކުރެއްވީ، ޖަނަވަރީ ދޭއް، 2019ގައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒިލާލް ޑިސެމްބަރު 25، 2018ގައި އިސްތިއުފާ ދެއްވާފައިވާތީއެވެ. އޭގެކުރިން އިބްރާހީމް މުޙައްމަދު ދީދީ ހުންނެވީ، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ. އިބްރާހީމް މުޙައްމަދު ދީދީ ވަނީ، އެކި މަގާމުތަކުގައި ކަރެކްޝަންސްއަށް 19 އަހަރު ޚިދުމަތްކުރައްވާފައެވެ. އޭނާ ކަރެކްޝަންސްއާ ގުޅިވަޑައިގަތީ، 2006ގައެވެ. ފާހަގަކުރެވޭ ގޮތުގައި، އޭނާ ވަނީ، ޝަރީއާ އެންޑް ލޯގެ ދާއިރާއިން ބެޗެލާ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ