އަންނަ ރޯދަ މަހުގެ ކަަރަންޓު ބިލަށް ދައްކަން ޖެހޭ އަދަދު 400 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. ބިލަކަށް 400 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ އިތުރުވާ ބަޔަކީ ބަޔަކީ ޑިސްކައުންޓް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރައްޔިތުންނަށް މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ.
މިދިޔަ ރޯދަމަހު ވެސް ކޮންމެ ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދީފައެވެ. އެގޮތުން ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައި ވެއެވެ.
ރޯދަ މަހު ކަރަންޓު ބިލު 400ރ. އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ