ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ ސީނިއަ ސުޕްރިންޓެންޑެންޓްގެ މަގާމުގައި ކުރިން ހުރި މުއާޒު އަލީ އިތުރު 10 ދުވަހަށް ބަންދުކޮށްފިއެވެ.
13 މިލިއަން ސިނގިރެޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރިއިރު ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒުގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން މުއާޒު ފަސް ދުވަހަށް ބަންދުކުރިއިރު، ދެން ތިބި ދެ މީހަކު 10 ދުވަހަށް އަދި އެކަކު 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ނީ ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހ. ނިއުހެޕިނަސް، މުއާޒު އަލީ އާއި، މެދުރީގެ، ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލްއެވެ.
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން -- ފޮޓޯ: ފުލުހުން
އެމީހުންގެ ތެރެއިން އާއްޓޭ އާއި ޒިވާރު 15 ދުވަހަށް، ދިގަލި 10 ދުވަހަަށް ވަނީ ބަންދުކޮށްފައެވެ.
ސިނގިރޭޓުތަކުގެ މައްސަލައިގައި އެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ މައްސަލައިގައި އެމްޕީއެލްގެ ހަ މީހަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އެ މައްސަލާގައި ކަސްޓަމްސްގެ އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށްށް ހާމަވެއްޖެނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ އިދާރާއިން ވެސް ވަނީ ބުނެފައެވެ.
13 މިލިއަން ސިނގިރޭޓުގެ ވައްކަން: މުއާޒް އިތުރު 10 ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ