ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި

'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި އެވެ.ޖުމުލަ 698 ގޯތި މިހާރު ހިއްކަމުން އަންނަ ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާއިރު، އެ ގޯތިތައް ލިބިފައިވާ މީހުންގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންދަނީ ކަލާފާނު ސްކޫލްގަ އެވެ.ގޯތިތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެން ދާނެތީ އެވެ.'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކޮށްފައިވެ އެވެ.ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:* 1،650 އަކަފޫޓުގެ 181 ގޯތި* 2،050 އަކަފޫޓުގެ 242 ގޯތި* 2،450 އަކަފޫޓުގެ 132 ގޯތި* 2،850 އަކަފޫޓުގެ 62 ގޯތި* 3،250 އަކަފޫޓުގެ 41 ގޯތި* 3،650 އަކަފޫޓުގެ 16 ގޯތި* 4،000 އަކަފޫޓުގެ 24 ގޯތިގުޅިފަޅުން ދޭން ނިންމާފައިވަނީ 2438 ގޯއްޗެވެ. އަދި ގިރާވަރު ފަޅުން 5187 ގޯތި ދިނުމަށް ނިންމާފައިވެ އެވެ. ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1347 މީހެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ