ޢައުރައިގެ ވާހަކަ ދައްކާއިރަށް އެންމެން އަންހެނުންނަށް ކަޅިއަޅަނީ ފިރިހެނުންނަށް އާޢުރައެއް ނޯންނާނީތޯ؟
މިސުވާލުކުރެވުމުން ޝައިޚް ވިދާޅުވިއެވެ. "ޢައުރައިގެ ވާހަކަ އަންހެނުންނަށް އޮތްވަރަށް އަކުރުން އަކުރަށް ތަފްޞީލުކޮށް އެއްފޮތަކުން ނުފެނިދާނެއެވެ. އެއީ އިސްލާމް ދީނުގެ ޙަޤީޤީ ޢީލްމްވެރިން ފޮތްތައް ލިޔުއްވައި އުޅުއްވެވި ޒަމާނުގައި މިފަދަ މައްސަލަތައް ފިރިހެނުންގެ ކިބައިން ކުރިމަތިވެވަޑައިގަތުމުން މަދުވީމައެވެ.
ދެން މުފްތީ މެންކުގެ ބަސްފުޅު ވިދާޅޫވެލައްވާށެވެ!
"މުއްމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠޯހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްނޫރު: 30)
ބެލުންތައް ތިރިކުރުމަށް އަންހެނުންނަށް އަމުރުފުޅު ކުރެއްވެވީ ޖެހިގެން އޮތް އާޔަތުގައެވެ. 31 ވަނަ އާޔަތުގައެވެ. ވީމާ ފިރިހެނަކަށްވީތީ ފިރިހެނުންގެ އަޢުރައަށް ބެލޭނެކަމަށް ހީވެސް ނުކުރާށެވެ!
ފިރިހެނުންވެސް އަޢުރަ ނިވާކުރަން ޖެހޭނީ ހަމަ އަންހެނުން ފަދައިން ގައަށް ދޫފޭރާމުންނެވެ. ގައަށް ބާރު ދުއްޔެއްހެން ހުންނަ ފޭރާން ލުމަކީ ހުއްދަކަމެއް ނޫނެވެ. ފެތިންތެރިންނަށްވެސް އަދި ބޮޑީބިލްޑަރުންނަށްވެސް އެތްލީޓުންނަށްވެސް އެނޫން ކުޅިވަރެއް ކުޅޭ މީހުންނަށްވެސް އެހެން މީހުންގެ ކުރިމަތީގައި އުޅެވެންޖެހޭނީ އެމީހުންގެ އަޢުރަ ނިވާކޮށްގެންނެވެ.
ފެތުންތެރިންނާއި ބޮޑީބިލްޑަރުން އަދި އެހެންވެސް ބައެއް ކުޅިވަރުތައް ކުޅެއުޅޭ ފިރިހެނުން ބިރުވެތިވާށެވެ! ތައުބާވާށެވެ! ހިލޭ ފިރިހެނުންނާއި އަންހެނުންގެ ކުރިމަތީގައި ދެ ޖިންސުގެ މީހުންވެސް ތިބެން ޖެހޭނީ ނިވާވެގެންނެވެ! ކަނޑައަޅައި މިބުނަނީއެވެ. މިބަޔާންކުރި ފަދައިން ނިވާ ނުވެ ތިބޭ މީހުންނަށް ބެލުމަކީ ވެސް ހަމަ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ޙަރާމް ކަމެއް ހުއްދަވާނީ އެކަމަކަށް އޮތް ޚާއްޞަ ޙާލަތުގައެވެ. ފެތުމާއި އެ ނޫންވެސް އެއްވެސް ކުޅިވަރެއް ކުޅުން ފަދަ ކަމަކީ އެފަދަ ޙާލަތެއް ނޫނެވެ!
މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ބަހަނާތައް ދައްކަމުން އެފަދަ ކަންކަން ތިއަކުރަނީ ތިއަބައިމީހުންގެ ހިތްތައް ހަރުވެ ހިލަވެފައިވާތީއެވެ! އަވަހަށް ތައުބާވާށެވެ! ހިތްތައް މަޑުކުރައްވަވާތޯ ދުޢާކުރާށެވެ!
ޙިޖާބް އެޅުމާއި އަޢުރަ ނިވާކުރުމުގެ ވާހަކަ ދައްކައިފިނަމަ އަބަދުވެސް މާނަކުރަނީ އަޢުރަ ނިވާކުރުމަކީ ހަމައެކަނި އަންހެނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ފިރިހެނުންނަށްވެސް އަޢުރައެއް ވެއެވެ. އަޢުރަ ޖެހޭނީ ނިވާކުރާށެވެ!
ގައަށް ޓައިޓްކޮޅެއް ލައިގެން ނުވަތަ ބޮކްސާއެއް ލައިގެން އުޅުން ހުއްދައެއް ނޫނެވެ. އެގޮތަށް ހުންނަ ފިރިހެނަކަށް ބެލުން ހުއްދަ ނޫނީ ހަމައެކަނި އަންހެނުންނަކަށްވެސް ނޫނެވެ. ފިރިހެނުންނަށްވެސް އެގޮތަށް ހުންނަ ފިރިހެނުންނަށް ބެލުން ހުއްދައެއް ނޫނެވެ. އަންހެނަކު ކުރި ނަމަވެސް ނުވަތަ ފިރިހެނަކު ކުރި ނަމަވެސް އަޢުރައަށް ބެލުމަކީ ޙަރާމް ކަމެކެވެ. ބެލުންތައް ތިރިކުރަން ﷲ ތަޢާލާ ފުރަތަމަ އަމުރުފުޅު ކުރެއްވެވީވެސް ފިރިހެނުންނަށެވެ.
--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
ޢައުރައިގެ ވާހަކަ ދައްކާއިރަށް އެންމެން އަންހެނުންނަށް ކަޅިއަޅަނީ ކީއްވެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ