ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.
މިއީ ހުޅުމާލެއިން ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ދޫކުރާ އެންމެ ބޮޑު ބިމެވެ. 15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއުއަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ. އެއީ ޗެނެލް ޕާކް ސަރަހައްދު ވެސް ހިމެނޭ ގޮތަށް ކަމަށް އެނގިފައިވެ އެވެ.
މިހާ ބޮޑު މަޝްރޫއުއެއް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި އީއޯއައި ހުށަހަޅަން އެންމެ ހަ ދުވަހުގެ މުހުލަތެއް ދީފައި އޮތް ނަމަވެސް، އެއީ އެކަމަށް އެންމެ އެކަށީގެންވާ މުހުލަތެއް ނޫން ކަމަށާއި މިއަށްވުރެ މާ ކުޑަ މަޝްރޫއުތައް ހިންގަން ކުރާ އިއުލާނުތަކުގައި ވެސް އީއޯއައި ހުށަހަޅަން އެއަށްވުރެ ދިގު މުއްދަތު ދީފައި ހުންނަކަން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މީހަކު އަދަދު އަށް ބުންޏެވެ.
"މީގެ ކުރިން ކުދިކުދި ބައެއް ކަންކަން އެބަހުރި އިއުލާނުކޮށްފައި، އެ ކަންކަމަށް ވެސް ބިޑު ހުށަހަޅަން މިއަށްވުރެ ގިނަ ދުވަސް ދީފައި އެބަހުރި، އެހެންވީމާ ހުޅުމާލޭގައި ހިންގާ އެންމެ ބޮޑު ރިއަލްއެސްޓޭޓް ޕްރޮޖެކްޓަށް ހަ ދުވަސް ތެރޭގައި ބިޑު ހުށަހަޅަންޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން،" އޭނާ ބުންޏެވެ.
އެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ ޑިވެލޮޕްމެންޓް ސޭލްސް ރައިޓްސް މޮޑެލްއަށް ނަމަވެސް، އެހެން މޮޑެލްތަކުގެ ދަށުން މަޝްރޫއު ހިންގަން ވެސް އީއައިއޯ ހުށަހެޅިދާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެ މަޝްރޫއު ހިންގަން އެއް ފަރާތަށްވުރެ ގިނައިން އީއައިއޯ ހުށަހަޅައިފި ނަމަ، ކުރިއަށް ދާނީ އެޗްޑީސީގެ މާސްޓާ ޕްލޭން އާއި ވިޝަންއާ އެންމެ އެއްގޮތް އީއައިއޯއަކާ އެކު ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހުޅުމާލޭގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު އިއުލާނުކޮށްފި ހުޅުމާލޭގައި ލަގްޒަރީ ހައުސިން މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އެންމެ ހަ ދުވަހުގެ މުހުލަތަކާއެކު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ