ހުޅުމާލޭގައި ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން ކުރިމަތިލާން ދިނީ 6 ދުވަސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ލަގްޒަރީ ހައުސިން ޕްރޮޖެކްޓެއް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާނުކޮށްފިއެވެ. އެޗްޑީސީން ބުނީ، އެ ކަން ކުރުމަށް ޝައުގުވެރިވާ މީހުންނަށް އަންނަ ބުދަ ދުވަހުގެ 12:00އާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއައޯ) ހުށަހެޅޭނެ ކަމަށެވެ. އެ އިއުލާނުކުރީ އިއްޔެއެވެ. އެހެންވެ، އެ އިއުލާނުކޮށްފައިވަނީ ހަ ދުވަހުގެ މުއްދަތަކާ އެކުގައެވެ. މި މަޝްރޫއު ހިންގަން 125،387 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެ ތަނުގައި 47 މީޓަރު އުހަށް އިމާރާތް ކުރެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. ލަގްޒަރީ ހައުސިން ޕްރޮޖެކްޓު ހިންގަން ހުޅުވައިލި ބިން ފެންނަ ކުރެހުމެއް -- ފޮޓޯ/ އެޗްޑީސީ މީގެ އިތުރުން، އެ ޕްރޮޖެކްޓު ހަވާލުކުރުމުގައި އެޗްޑީސީން އިސްކަން ދޭނީ ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް މޮޑެލްއަށެެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެހެނިހެން މޮޑެލްތަކަށް ވެސް އީއައިއޯ ހުށަހެޅޭނެ ކަމަށާއި ދެ ފަރާތަށް ވާނެ ފައިދާތައް ހިމަނަންވާނެއެވެ. މި ޕްރޮޖެކްޓު ހިންގަން އެކަކަށް ވުރެ ގިނަ މީހުން އީއައޯ ހުށަހަޅައިފިނަމަ، މި ކަން ހަވާލުކުރާނީ ކުންފުނީގެ މާސްޓަޕްލޭނާއި ވިޝަން، އެންމެ ފުރިހަމައަށް ހިމެނޭ އީއައިއޯއަކަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެ އީއައިއޯތައް އިވެލުއޭޓު ކުރުމުގައި ބިޒްނަސް މޮޑެލާއި މާލީ ގާބިލުކަމާއި ސީއެސްއާރު ފަދަ ކަންކަމަށް ބަލަން އެޗްޑީސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ