އުރީދޫ ފަން ރަންއަށް މިފަހަރު ވެސް ބޮޑު ތަރުހީބެއް އުރީދޫ ފަން ރަންއަށް މިފަހަރު ވެސް ބޮޑު ތަރުހީބެއް

ބޮޑު ތަރުހީބަކާ އެކު އުރީދޫ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބޭއްވި "އުރީދޫ ފަން ރަން" ހުޅުމާލޭގައި މިއަދު ހަވީރު ކަމިޔާބު ކަމާއެކު ބާއްވައިފި އެވެ.
ފަން ރަންގައި 7،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، އެ ދުވުން ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އުރީދޫގެ އިސްވެރިންނެވެ.
އެ ރަންގެ ބައިވެރިންނަށް ހާއްސަކޮށްގެން، ފިޓްސް އެއާ އަދި ބޫޓްރޫމާ ގުޅިގެން އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށްގެންދިޔަ އެވެ.
ފަން ރަން ފެށުމުގެ ކުރިން ބައެއް ވަޒީރުންނާއި އުރީދޫގެ އިސްވެރިން
ފަސް ކިލޯ މީޓަރު ހިމެނޭ އެ ދުވުމުގެ ކޮންމެ ކިލޯ މީޓަރެއް ނިންމާލުމަށްފަހު، މަޖާ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި ދުވުން ނިންމާލުމަށްފަހު ފޯމް ޕާޓީ އާއި ކުލަ ޖެހުން ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.
މީގެއިތުރުން ފަން ރަންގެ ދުވުން ނިންމި މީހުންނަށް ހާއްސަ މެޑަލްއެއް އުރީދޫއިން ދިނެވެ.
ފަން ރަންއާ ގުޅުވައި އުރީދޫއިން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަދި އެ ރޭ މިއުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތައް ކަމަށްވާ ޓްރެފިކް ޖޭމް، ސިމްބޮލިކް ރެކޯޑްސް އަދި ހަބޭސް ބޮޑުބެރު ބައިވެރިވި އެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ