މިދިޔަ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓަށް މި ސަރުކާރުން ފުރަތަމަ ކަނޑައެޅި މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް އެ އަދަދުތައް މިއަދު އާންމުކޮށްފި އެވެ.
ވީކިހިނެއް؟ - އެ ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ކަނޑައަޅާފައިވާ އަދަދު ކުޑަކުރަން ނިންމިކަން ރައީސް މުހައްމަދު މުއިއްޒު ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންގެ ބައްދަލުވުމުގައި ހާމަކުރެއްވި އެވެ.
ކުޑަވެދާނެ އަދަދުތަކެއް ވެސް ރައީސް ރޭ ވިދާޅުވި ނަމަވެސް ސީދާ އަދަދުތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި އެވެ.
ތަފްސީލް - ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކުރާ 4000 ފުލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ގެނައި ބަދަލަކީ:
3 ކޮޓަރި ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 10،000ރ.؛ ކުރިން 11،500ރ.
3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 8،500ރ.؛ ކުުރިން އެއީ 25،000ރ.
2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 7000ރ.؛ ކުރިން އެއީ 8،000ރ.
2 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 6،000ރ.؛ ކުުރިން އެއީ 15،000ރ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުގެ ފަހު ހަފްތާގައި 15 ނޮވެމްބަރު 2023ގައި އޭރު މި ފްލެޓްތަކުގެ އަގު ކަނޑައަޅާ އާންމުކުރި އެވެ. އެގޮތުން:
3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރ، އަދި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ކުއްޔަށް ޖުމްލަ 8،000ރ.
2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ޖުމްލަ 6،000ރ.
ނަމަވެސް ފަހުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އޭރު ނިންމި އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށް ވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުން ކުޑަކުރި ކުއްޔާއި ޑިޕޮސިޓް އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ