މިސްކިތުގައި ހިލޭ އިސްލާމް ޓިއުޝަން ދޭން ޝަހީމްގެ ޚިޔާލެއް
ރާއްޖޭގެ މިސްކިތްތަކުގައި ދަރިވަރުންނަށް ހިލޭ އިސްލާމް ޓިއުޝަން ދޭން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ މިއަދު ޚިޔާލު ދެއްވައިފިއެވެ. މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގްރޭޑު އަށެއް، ނުވައެއް، 10، 11 އަދި 12 ގެ ފޮތްތަކުން ހަފުތާކު ދެ ދުވަހު، އިލްމީ ޓީޗަރުން މެދުވެރިކޮށް ހިލޭ ޓިއުޝަން ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކިހިނެތް ވާނެތޯ ސުވާލުކުރައްވާފައެވެ. ބޭނުން ކުއްޖަކަށް ހާޒިރުވެވޭހެން އެ ކުލާސްތައް އިންތިޒާމުކުރުމަށާއި އެ ޚިޔާލު ހުށަހެޅުއްވީ، އިސްލާމް މާއްދާއާ މެދު ދެކެވޭ ވާހަކަތަކަށް ވިސްނަވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސްކިތެއް: މިސްކިތުގައި ހިލޭ އިސްލާމް ޓިއުޝަން ދޭން ޝަހީމް ޚިޔާލެއް ވަނީ ދެއްވާފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެހެން ވިދާޅުވެ، ޝަހީމް ވަނީ މި ކަމުގައި އެހެން މީހުންގެ ޚިޔާލަކީ ކޮބައިތޯ އައްސަވަފާއެވެ. އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ މީހުން ވަނީ މިނިސްޓަރުގެ ޚިޔާލަށް ތާއިދުކޮށްފައެވެ. އެކަމަކު، ބައެއް މީހުން ވަނީ އެކަން ކުރާނީ ކިހިނެއްތޯއާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެތޯ ސުވާލުކޮށްފައެވެ. މިނިސްޓަރުގެ ޕީސްޓަށް ކޮމެންޓްކުރި މީހަކު ބުނީ، ވީހާ ވެސް އަވަހަށް މިކަން ފެށުން ރަނގަޅު ކަމަށާއި މުދައްރިސުންނާއި ދަރިވަރުންގެ ޚިޔާލު ހޯދުމަށް ފަހުގައި ދެމެހެއްޓެނިވި ގޮތެއްގައި ޓިއުޝަން ދޭން ފެށުން މުހިންމު ކަމަށެވެ. ދަރިވަރުންނަށް ޓިއުޝަން ދިނުމަށް ބެލެނިވެރިން މަހަކަށް ބޮޑު ޚަރަދެއް ކުރެއެވެ. އެހެންވެ، މިފަދަ ކަމެއް ފެށުމަކީ އެ ޚަރަދު ސަލާމަތްވާނެ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ