އަޅަމެންނަށް ތައުބާ ނެތްނަމަ ދެން ވެދާނެ ގޮތެއް ހިތަށް އަރުވައިލާށެވެ. އަޅަމެންނަށް މަގު ދައްކައިދޭން ﷲ ތަޢާލާ ނެތްނަމަ ކިހިނެއްކަން ވާނީ ހިތަށް އަރުވައިލާށެވެ. އެއިރުން ވަށާލެވިގެންވާނީ އުނދަގޫ ކަމާއި ބިރުވެރިކަމެވެ. އެއިރުން ވަރަށް ތަފާތުވާނެއެވެ. އެހެނަސް ﷲ އަންގަވަނީ ތިމަން ﷲ އުއްމީދު ދެއްވީމޭ ނުބައިކަމުގައި ހައްދުފަހަނައަޅާފައިވާ މީހުންނަށްވެސް.
( لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ ) " އެކަލާންގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ. އެކަލާންގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވާނެއެވެ"
ތިބާގެ ނުބައި ޢަމަލުތަކުގެ ސަބަބުން މާޔޫސް ނުވާށެވެ. އެންމެ ހިނދުކޮޅަކަށްވެސް ތިބާއަށް ފާފަތަކުން އަރައި ނުގަނެވޭނެކަމަށް ޝައިޠާނާ ތިބާއަށް ވިސްނައިދޭނެ ފުރުސަތު ނުދޭށެވެ. ﷲ ތަޢާލާގެ ހަޟްރަތުން ފާފަ ފުއްސެވުން އެދޭށެވެ. އެއިރުން އިސާހިތަކު އެ ފުހެވިގެން ހިނގައިދާނެއެވެ. އެކަމާ ކަންބޮޑު ނުވާށެވެ. އެވާހަކަވެސް އަލުން ނުދައްކާށެވެ.
) وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا)
ވަރަށް ރީތި ޙަދީޘް އެއް. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކު އިތުރު ހަތަރު ނަންފުޅު މި ޙަދީޘް ގައި ހިމެނިފައި ވެއެވެ.
ހާޖަރު އަށް ބަލައިލަމާތޯ. އެއީ އިބްރާޙީމް ޢަލައިހިއް ސަލާމްގެ އަނބިކަނބަލުންނެވެ. ﷲ އަށް ކިޔަމަންވެ ވަޑައިގަތުމުގައި ނަމޫނާ ބޭކަނބަލެކެވެ. އިބްރާޙީމް ޢަލައިހިއްސަލާމް އަކީ އެންމެހާ މަތީ ދަރަޖައަށް ﷲ އާއި ގުޅިފައިވާ ބޭކަލެކެވެ. ކޮބައިތޯ އެންމެ މަތީ ދަރަޖައަށް ﷲ އާ ގުޅިފައި ވުމަކީ؟ ތިބާ ހަމައެކަނި އެކަލާންގެއަށް ކުއްތަންވެ އަދި އެކަލާންގެއަށް ފުރިހަމައަށް އިތުބާރު ކުރުމެވެ. އަދި އެކަލާންގެ ތިބާއަށްޓަކައި އިޚްތިޔާރު ކުރައްވާފައިވާ ނިންމެވުމާއި މެދު ތިބާ އުފާކުރުމެވެ. އެއީ ﷲ އަށް އިތުބާރު ކުރުމުގެ އެއް ބައެވެ.
)التوكل على الله، وَعَلَى ٱللَّهِ فَتَوَكَّلُوٓا۟ إِن كُنتُم مُّؤْمِنِينَ( " ތިބާއަކީ ހާޤީގަތުގައިވެސް ދީން ޤަބޫލުކުރާ މީހަކު ނަމަ ﷲ އަށް ތިބާ ފުރިހަމައަށް އިތުބާރު ކުރާށެވެ."
ޤަބޫލު ކުރާށެވެ! ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިވި ނަމަވެސް އެކަލާންގެއަށް ތިބާ އިތުބާރު ކުރާށެވެ! ނުރަނގަޅު ކަމެއް ވިޔަސް އަދި ރަނގަޅު ކަމެއް ވިޔަސްމެއެވެ. އަހަރެން ޤަބޫލު ކުރާ ގޮތުގައި ނުރަނގަޅަސް އަދި ރަނގަޅަސް އެއީ ﷲ އަހަރެންނަށްޓަކާ ނިންމަވާ ދެއްވި ގޮތެވެ. އުފާވެރި ދުވަހެއް އައިސްފި ނަމަވެސް އަދި ހިތާމަވެރި ދުވަހެއް އައިސްފި ނަމަވެސް ﷲ ތަޢާލާއަށް އިތުބާރު ކުރާށެވެ. ފައިދާއެއް ވިޔަސް އަދި ގެއްލުމެއް ވިޔަސް ﷲ ތަޢާލާއަށް އިތުބާރު ކުރާށެވެ. މީހަކު ދުނިޔެ ދޫކޮށް ދިޔަނަމަވެސް އަދި ދުނިޔެއަށް ކުއްޖަކު އުފަންވި ނަމަވެސް ﷲ ތަޢާލާއަށް އިތުބާރު ކުރާށެވެ. ތިބާގެ ކައިވެނި ކުރެވުނު ނަމަވެސް އަދި ކައިވެނި ރޫޅުނު ނަމަވެސް ﷲ ތަޢާލާއަށް އިތުބާރު ކުރާށެވެ. އެ ހުރިހާކަމެއްގައިވެސް ތިބާ ﷲ ތަޢާލާއަށް އިތުބާރު ކުރާށެވެ. އޭގެ އިތުރަށް ތިބާއަށް ވަޒީފާއެއް ލިބުމުންވެސް އަދި ވަޒީފާ ގެއްލުމުންވެސް ﷲ އަށް ޙަމްދު ކުރާށެވެ. (الحمد لله على كل حال. )
ޙަދީޘް ގައި އައިސްފައިވެއެވެ! ޤިޔާމަތް ދުވަހުން ހާއްސަ ގޮވާލެއްވުމެއް ގޮވާލެއްވޭނެއެވެ. އެންމެ ފުރަތަމައިނުން ގޮވާލެވޭނެއެވެ. " ( ފަސޭހަ، އަދި އުނދަގޫ) ހުރިހާ ހާލަތެއްގައިވެސް ﷲ ހަނދުމަކޮށް ހެދި މީހުން ކޮބައިހޭ!" ޤިޔާމަތް ދުވަހުން އެމީހުންނަށް ގޮވާލެވޭނެއެވެ. ޢަދި އެންމެ ފުރަތަމަ ހިސާބު ބެލެވި، އެންމެ ފުރަތަމަ ސުވަރުގެއަށް ވަންނަ މީހުންނާއިއެކު އެމީހުންނަށް ސުވަރުގެ ވަދެވޭނެއެވެ.
އަހަރެމެން ﷲ ތަޢާލާއަށް އިތުބާރު ކުރަމެވެ. މިކަމުގައި ހެވެއް ވާކަން އަހަރެމެންނަށް އެނގެއެވެ. ފަހަރުގައި ހިސާބު ބެއްލެވުމަކާ ނުލައި ސުވަރުގެ ވަދެވުން އެއީ ތިބާގެ ކެއްތެރިކަން ކަމުގައިވެސް ވެދާނެއެވެ. ﷲ އަށް ޙަމްދުކުރުން މަތީ ދެމި ތިބޭށެވެ. އެކަމުން ތިބާ ﷲ އާއި ކައިރި ކުރުވައެވެ. އެއީ ތިބާއަށް ސުވަރުގެ ވަދެވެން އޮތް މަގެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޤިޔާމަތް ދުވަހު އެންމެ ފުރަތަމައަށް ގޮވައިލެއްވޭނެ މީހަކު ކަމުގައިވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ