ލ.ގަމުގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
ގަމު އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު 14:45 ހާއިރުން ފެށިގެން އެރަށުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ.
ދައުލަތުގެ މީޑިއާ އާ ވަހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ އެކުންފުނީގެ މުއައްޒަފުންނާއި ސިފައިންގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ކަރަންޓްގެ ހިދުމަތް މެދުކަނޑުނު 3 ސަރަހައްދަށް ކަރަންޓް ދެވިފައިވާކަމަށެވެ.
ފެނަކައިން ބުނީ މިއަދު ހިނގި އެ ހާދިސާގައި ގެއްލުންވެފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން އެންމެ އިންޖީނަކަށް ކަަށެވެ. ގެއްލުން ލިބުނު އިންޖީނުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.
ލ.ގަމުގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ