ކްރިޕްޓޯ އެކްސްޗޭންޖަކީ ދެފުށް ފެންނަ ތާރީޚެއް އޮތް ކުންފުންޏެއް: ސީއީއޯ

ކްރިޕްޓޯ އެކްސްޗޭންޖަކީ އެމެރިކާގެ އެސްއީސީއާ އެކު އަބަދު ވެސް ގުޅުން އޮންނަ, ދެ ފުށް ފެންނަ އެކްސްޗޭންޖެއް ކަމަށް ކޮއިންބޭސްގެ ސީއީއޯ ވިދާޅުވެއްޖެއެވެ. ކޮއިންބޭސް ގްލޯބަލްގެ ސީއީއޯ ބްރަޔަން އާމްސްޓްރޯންގް މިހެން ވިދާޅުވީ ކްރިޕްޓޯ އެކްސްޗޭންޖަކީ އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ނޭންގި ސިއްރުން ހިންގާ ކުންފުންޏެއްކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އާމްސްޓްރޯންގް މިހެން ވިދާޅުވި އެކްސްޗޭންޖެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރާ ކަމަށް ބުނެ އެމެރިކާގެ ސެކިއުރިޓީޒް ރެގިއުލޭޓަރުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރިތާ އެއް ދުވަސް ފަހުންނެވެ. "އެސްއީސީން އަހަންނަށް ހުއްދަ ދިނީ ޕަބްލިކް ކުންފުންޏަކަށް ވާން... އެހެންވީމަ ރެގިއުލޭޓަރަކު އެނބުރި އައިސް ހަގީގަތުގައި އަހަރެމެންގެ ވިސްނުން ބަދަލުކުރީ އޭ ބުނުމަކީ މާ ރަނގަޅު ކަމެއް ނޫން،" އާމްސްޓްރޯންގް ވިދާޅުވިއެވެ. ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ތުހުމަތުކުރާ ގޮތުގައި ކޮއިންބޭސް އިން ރަޖިސްޓްރީ ކުރަން ޖެހޭ ސެކިއުރިޓީޒް ކަމަށްވާ މަދުވެގެން 13 ކްރިޕްޓޯ އެސެޓްގެ ވިޔަފާރި ކޮށްފައިވާ އިރު އޭގެ ތެރޭގައި ސޮލާނާ، ކާޑާނޯ އަދި ޕޮލިގޮން ފަދަ ޓޯކަންތައް ހިމެނެއެވެ. ބުދަ ދުވަހު ކޮއިންބޭސްގެ ހިއްސާ ވަނީ ގާތްގަނޑަކަށް 1 ޕަސެންޓް އިތުރުވެ 52.03 ޑޮލަރަށް އަރާފައެވެ. ސެކިއުރިޓީޒްގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެ އެސްއީސީން ކޮއިންބޭސް އާއި ވާދަވެރި ބައިނަންސްގެ މައްޗަށް ދައުވާ ކުރި ފަހުން އެ ސްޓޮކް ވަނީ ގާތްގަނޑަކަށް 20 ޕަސެންޓް ދަށަށް ގޮސްފައެވެ. އެނަލިޓިކްސް ފާމް އޯޓެކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޝޯޓް ސެލަރުން ވަނީ ފާއިތުވި ދެ ސެޝަންގައި ކޮއިންބޭސްއާ ދެކޮޅަށް ބެޓިންގެ ގޮތުގައި ގާތްގަނޑަކަށް 463 މިލިއަން ޑޮލަރު ފައިދާ ހޯދާފައެވެ. އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުންޏަކީ އެކްސްޗޭންޖެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރެވޭތީ ގާނޫނާ ޚިލާފަށް ހިންގަމުން އަންނަ ކުންފުންޏެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނަންސް އާއި ބާނީ ޗަންގްޕެންގް ޒާއޯއާ ދެކޮޅަށް އެސްއީސީއިން ހުށަހެޅި މައްސަލައަށް ފަހު، ބޮޑު ކްރިޕްޓޯ އެކްސްޗޭންޖަކާ ދެކޮޅަށް އެސްއީސީން ހުށަހެޅި ދެވަނަ ދައުވާއެވެ. ކްރިޕްޓޯ ކުންފުނިތަކުން ބުނަނީ އެސްއީސީގެ ގަވައިދު ސާފު ނުވާ ކަމަށާއި އެ ގަވާއިދުތައް ރެގިއުލޭޓް ކުރަން މަސައްކަތްކޮށްގެން އެ އެޖެންސީން "އޯވާރީޗް" ކުރަމުން އަންނަ ކަމަށެވެ. އަނެއްކޮޅުން ކެލިފޯނިއާ އިސްވެ އޮވެ އެމެރިކާގެ 10 ސްޓޭޓަކުން ވެސް ވަނީ ކޮއިންބޭސްގެ ސްޓޭކިން ރިވާޑްސް ޕްރޮގްރާމާ ގުޅޭ ސެކިއުރިޓީޒް ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ ކުންފުންޏާ މެދު މިފަދަ ވާހަކަ ތަކެއް ދެކެވޭއިރު، ބައެއް ދިވެހީންވެ ސް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ކްރިޕްޓޯކަރަންސީ ޓްރޭޑިންގ އާއި އިންވެސްޓްމަންޓްތަކުގައި ބައިވެރިވެއެވެ. ކްރިޕްޓޯކަރަންސީއާ ގުޅިފައިވާ މާލީ ނުރައްކާތަކުގެ އިތުރުން އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގަވާއިދުތަކުގެ ދަށުން ގާނޫނީ ގޮތުން ކުރިމަތިވާ ކަންކަމަށް ސަމާލުކަން ދިނުމާއި ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ