ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ތަނެއް ވަންދޫގައި ގާއިމުކުރަން ކުންފުންޏަކާ ހަވާލުކޮށްފި

ނުރައްކާތެރި ކުންޏާއި ނައްތައިލަންޖެހޭ ކެމިކަލްތައް ނައްތައިލުމުގެ ކުރިން ރައްކާކުރާނެ ތަނެއް ރ. ވަންދޫގައި ގާއިމުކުރުމުގެ މަސައްކަަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ. 
މި މަސައްކަތް ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ އެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 18.5 މިލިއަން ރުފިޔާ އެވެ. ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާތެރި ގޮތުގައި ނައްތާލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރަމުން އެ ވުޒާރާއިން ބުނީ އެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. 
Advertisement
"އެލިމިނޭޓިން ޕަރސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" ގެ ނަމުގައި މިފަދަ ކުންޏާއި ކެމިކަލް ނައްތައިލުމުގެ ހަރުދަނާ ރައްކާތެރި އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަޝްރޫއެއް އެ ވުޒާރާއާއި ޔޫއެންޑީޕީ ގުޅިގެން ފަށާފައިވެއެވެ. 
އެ މަޝްރޫއުގެ ދަށުން ނުރައްކާތެރި ކެމިކަލްތަކާއި ކުނި މެނޭޖުކުރުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމާއެކު، އެފަދަ ކުންޏާއި ކެމިކަލް މެނޭޖުކުކުރުމަށް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރަމުން އެ ވުޒާރާއިން ބުނެފައިވަނީ މިފަދަ ކުންޏާއި ކެމިކަލްް ރައްކާކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމަކީ މި މަސައްކަތުގެ ބައެއް ކަމަށެވެ. 
އަދި މިއަދު ސޮއިކުރި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ނިމުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ތިމާވެއްޓަށް ގެއްލުންނުވާނެހެން ނައްތައިލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން ރައްކާތެރިކަމާއެކު އެތަނުގައި ބެހެއްޓޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ