ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި 53 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމަކީ ޤާނޫނީ އަސާސެއް ނެތް، ހެކިތަކެއް ނެތި ކޮށްފައިވާ ހުކުމެއްކަމަށް ވިދާޅުވެ ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ.
ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ތަކުރާރުކޮށް ބުނަނީ އެ ހުކުމަކީ މަތީ މަރުހަލާގެ ކޯޓުތަކުން ބާތިލުކުރާނެ ހުކުމެއްކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ